وحي
ލިޔުނީ : އަހްމަދު ބިން ޢަބްދުއްލަތީފް
އަރަބި ބަހުގައި وحىގެ މާނައަކީ "އެހެން މީހަކަށް ނޭގޭ ގޮތަށް،ވަރަށް ސިއްރުން އަދި އެހާމެ އަވަހަށް ކޮށްލެވޭ އިޝާރާތެއް" މިއެވެ.( އިސްލާމީތަރުބިއްޔަތު 11)
އަދި މީގެ އިތުރަށް ލިސާނުލް ޢަރަބުގައި މިމާނަ ދޭހަވާ އެހެން ބަސްތަކަކީ الهام , الاشارة , الرسالة ة މިއެވެ.
الوحى ގެ ލުޣަވީ މާނަ ކީރިތ ޤުރުއާނުގައި އެތައްގޮތަކަށް ވަނީ ވާރިދުވެގެން އައިސްފައެވެ. އަދި މި ބަސް ޤުރުއާނުގައި 70 ފަހަރަށްވުރެ މަދުނުވާވަރަށް ވާރިދުވެގެން އައިސްފައިވާކަމަށް އިލްމުވެރިން ވިދާޅުވެއެވެ.1
· ކީރިތ ޤުރުއާނުގެ އުސްލޫބުގައި إلهام ގެ މާނާގައި އައިސްފައިވާ އާޔަތުގައި ﷲވަޙީކުރައްވަނީ
4‘ym÷rr&ur y7•/u‘ ’n<Î) È@øtª[“$# Èbr& “ɋσªB$# z`ÏB ÉA$t6Ågø:$# $Y?qã‹ç/ z`ÏBur Ìyf¤±9$# $£JÏBur tbqä©Ì÷ètƒ ÇÏÑÈ (ނަހްލު 68) މާނައަކީ: އަދި ، ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވިރަސްކަލާނގެ ކުޅަނދުރަށް އިލްހާމް ދެއްވައި އެންގެވިއެވެ. ފަރުބަދަތަކުންނާއި، ގަސްގަހާގެހިންނާއި، މީސްތަކުން ހަދައިދޭ ބިނާތަކާއި ތަންތަން އެއީ ގެތައްކަމުގައި ބަލައި، ހަތާހަދައި އުޅޭށެވެ!
· އަދި ވެސް ވަޙީގެ މާނާގައި ފިޠުރީ ގޮތުން އިންސާނާ ހީވާހީވުންތަކަކީ الهام ކަން ބަޔާންކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ
!$uZøŠym÷rr&ur #’n<Î) ÏdQé& #Óy›qãB ÷br& Ïm‹ÏèÅÊö‘r& .... ( އަލްޤަސަސް 7) މާނައީ: ދެން(ދަންނައެ އަހަރުމެން، މޫސާގެމަންމާއަށް، ވަޙީކުރެއްވީމެވެ( އިލްހާމްކުރެއްވީމެވެ.) އޭނާއަށް ކިރުދޭހުށިކަމެވެ. " މި އާޔަތުގައި މޫސާގެމަންމައަށް އިލްހާމްކުރެއްވި މާނައިގައި އޮތީ އެކަމަނާ ކިރުދެއްވުމަށް ވިސްނައިދެއްވުމެވެ(instinctive.) ދެން ޖެހިގެން އޮތްބައިގައި އިލްހާމްކުރައްވަނީ ތިމާ ހިވާ އެންމެ ރަނގަޅަށް ޢަމަލުކުރައްވާނެ ގޮތެވެ (intuition). ﷲ ވަޙީކުރައްވަނީ
#sŒÎ*sù ÏMøÿÅz Ïmø‹n=tã ÏmŠÉ)ø9r'sù †Îû ÉdOuŠø9$# Ÿwur ’Îû$sƒrB Ÿwur þ’ÎTt“øtrB ( ގަސަސް 7)
މާނައީ: ދެން އިބަގެ އޭނާގެ މައްޗަށް ބިރުގަންނާންފެށުމުން، އޭނާ ކޯރުތެރޔަށް ދޫކޮށްލާހުށިކަމެވެ. އަދި އެއްގޮތަކަށްވެސް ބިރުނުގަންނާށެވެ، އަދި ހިތާމަވެސް ނުކުރާހުށިކަމެވެ.
· މީސްތަކުންގެ ހިތްތަކަށް ވަންނަ ޝައިތާނީ ވަސްވާސްތަކާއި ނުބައިކަންތައް ރިވެތިކޮށްފައި އިންސާނާ ދެއްކުމުގެމާނާގައިވެސް ވަޙީ ބޭނުންކުރެވެއެވެ. މިގޮތުން ކިރިތި ޤުރުއާނުގައި ﷲ ވަޙިކުރައްވަނީ
¨bÎ)ur šúüÏÜ»u‹¤±9$# tbqãmqã‹s9 #’n<Î) óOÎgͬ!$u‹Ï9÷rr& öNä.qä9ω»yfã‹Ï9 ( (އަންޢާމް 121) މާނައީ: ތިޔަބައިމީހުން ޖަދަލުކުރުމަށް ޝައިޠާނުން އެބައިމީހުންގެ އެކުވެރީންނަށް ވަސްވާސްދޭނެތެވެ.
· ވަރަށް އަވަސް އިޝާރާތަކުންކަމެއް އެންގުމަށްޓަކާވެސް ވަޙީ ބޭނުންކުރެވެއެވެ.ޒަކަރިއްޔާ ޢަލަހިއްސަލާމްގެ ވާހަކައަށް އިޝާރަތްކުރައްވަމުން ކީރިތ ޤުރުއާނުގައި ﷲ ވަޙިކުރައްވާފައިވަނީ
tA$s% Éb>u‘ @yèô_$# þ’Ík< Zptƒ#uä 4 tA$s% y7çGtƒ#uä žwr& zNÏk=s3è? šZ$¨Y9$# y]»n=rO 5A$uŠs9 $wƒÈqy™ ÇÊÉÈ yltsƒmú 4’n?tã ¾ÏmÏBöqs% z`ÏB É>#tósÏJø9$# #Óyr÷rr'sù öNÍköŽs9Î) br& (#qßsÎm7y™ Zotõ3ç/ $|‹Ï±tãur ÇÊÊÈ ( މަރިޔަމް 10-11) މަނައީ :ޒަކަރިއްޔާ ބުންޏެވެ. އަޅުގެ ވެރިރަސްކާލާނކޮށް! އަޅައަށް ނިޝާނެއް ދައްކަވައިފާނދޭވެ! އެކާލާނގެ ވަޙީކުރެއްވިއެވެ.އިބައޮތް ނިޝާނަކީ ތިންރެއިވާނދެން، އިބަ މީސްތަކުންނާއި ވާހަކަ ދައްކައި ނޫއުޅުމަށެވެ. ދެން އޭނާ ނަމާދު ކުޅައުމުގެ މިޙްރާބުން ނުކުމެގެން، މީސްތަކުންގެ ގާތަށް ދިޔައެވެ. އަދި ކޮންމެދުވަހަކުމެ ،ހެނދުނާއި،ހަވީރު، އެކަލާނގެ ރަސްކަންފުޅު ހަނދުމަކޮށް، ތަޞްބީޙަކިޔައި އުޅުމަށް އެއުރެންނަށް އެންގެވިއެވެ.
· ﷲގެ މަލާއިކަތުންނަށް ކަންތައްތައް ކުރެއްވުމަށް އަންގަވާ އެންގެވުންތަކުގެ މާނަގައިވެސް ވަޙީ އައިސްފައިވެއެވެ. ﷲ ވަޙީކުރައްވަނީ
øŒÎ) ÓÇrqムy7•/u‘ ’n<Î) Ïps3Í´¯»n=yJø9$# ’ÎoTr& öNä3yètB (#qçGÎm;sWsù šúïÏ%©!$# (#qãZtB#uä 4 (އަންފާލް 12) މާނައީ : ކަލޭގެފާނުންގެ ވެރި ރައްބުގެ، މަލާއިކަތުންނަށް ވަޙީކުރެއްވިހިނދެވެ. ހަމަކަށަވަރުން ތިމަންﷲ ތިއަބައިމީހުންނާއެކު ވޮޑިގެންވަމެވެ.
· ކިރިތިޤުރުއާނާއިހަދީޘުން ޘާބިތުވާގޮތުގައި މާތްﷲ މަލާއިކަތްބޭކަލުންނަށް ބަސްވަޙީކުރައްވާކަމުގައިވެއެވެ. މި ގޮތުން ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވަނީ
øŒÎ)ur tA$s% š•/u‘ Ïps3Í´¯»n=yJù=Ï9 ’ÎoTÎ) ×@Ïã%y` ’Îû ÇÚö‘F{$# Zpxÿ‹Î=yz ( (ބަޤަރާ 30) މާނައީ : ކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ، ބިމުގައި ޚަލީފާއަކު ލައްވަވާހުށީމޭ މަލާއިކަތުންނަށް ވަޙީ އިއްވެވި ހިނދު ކަންހިނގިގޮތުގެ ވާހަކަ ކަލޭގެފާނު ކިޔައިދެއްވަވާށެވެ.
· ކީރިތި މާތްނަބިއްޔާ ޞައްލައްﷲޢަލަހިވަސައްލަމަށް ޤުރުއާން ބާވައިލެއްވުމުގެ މާނަގައިވެސް ވަޙީ އައިސްފައިވެއެވެ. ﷲ ވަޙީކުރައްވަނީ
$tBur ß,ÏÜZtƒ Ç`tã #“uqolù;$# ÇÌÈ ÷bÎ) uqèd žwÎ) ÖÓórur 4ÓyrqムÇÍÈ (ނަޖުމް 3-4) މާނައީ: އެކަލޭގެފާނު އެވިދާޅުވާ ބަސްފުޅުތަކަކީ އެކަލޭގެފާނުގެ އަމިއްލަ އެދުންފުޅަށް ވިދާޅުވާ ބަސްތަކެއް ނޫނެވެ. އެއީ އެކަލޭގެފާނަށް އިއްވެވޭ ވަޙީއެއްކަން މެނުވީ ނުވެއެވެ.
· އަދި ކީރިތި މާތް ނަބިއްޔާ މުޚާތަބްކުރެއްވުމުގެ މާނައިގައިވެސް ވަޙީ ބޭނުންކުރެވެއެވެ.ﷲވަޙީކުރައްވަނީ
y7Ï9ºx‹x.ur !$uZøŠym÷rr& y7ø‹s9Î) $ºR#uäöè% $|‹Î/ttã u‘É‹YçGÏj9 ¨Pé& 3“tà)ø9$# ô`tBur $olm;öqym .....( އައްޝޫރީ 7) މާނައީ: ޢަރަބިބަހުން އެކުލެވިގެންވާ ޤުރުއާނެއްގެ ގޮތުގައި ، ތިމަން ﷲ ކަލޭގެފާނަށް ވަޙީ ފޮނުއްވީމެވެ. (މައްކާގެ) އަހްލުވެރިންނަށާއި،އެހެނިހެން މީހުންނަށް އިންޒާރުކުރެއްވުމަށްޓަކައެވެ.
ވަޙީގެ އިސްތިލާޙީ މާނަ
ވަޙީއަކީ ، ﷲސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންކުރެ ހޮއްވަވާ އިޚްތިޔާރުކުރައްވާ އަޅަކަށް، އެކަލާނގެ އެންގެވުމަށް އިރާދަކުރެއްވި އެއްޗެއް، އާދަޔާ ޚިލާފް ސިއްރުވެރި ގޮތަކަށް އަންގަވާ އެންގުމެވެ.( ގުރޭޑް 11 އިސްލާމީ ތަރުބިއްޔަތު)
ވަޙީ ބާވައިލެއްވުމުގެ މަޤްޞަދު
އިންސާނާއަށް އުޅެންވީގޮތާއި ނުއުޅޭންވީގޮތް އެންގެވުމަށްޓަކައި ވަޙީބާވައިލެއްވިގެންވެއެވެ. ސޫރަތުލް އައްޒާރިޔާތު 56 އާޔަތުގައި މާނައިގައިވަނީ "ތިމަންރަސްކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ ޖިންނީންނާއި އިންސީން ނަހައްދަވަމެވެ".( ކުލާސް ހޭނޑްއައުޓު).
ވަޙީގެ ބާވަތްތައް
ނަބީބޭކަލުންނަށް ވަޙީ ބާވައިލައްވާފައިވަނީ ޢާމުގޮތެއްގައި 2 ވައްތަރަށެވެ. އެއީ ސީދާ ވަޙީކުރެއްވުމާއި ނުސީދާގޮތުން ވަޙީކުރެއްވުމެވެ.(އުސޫލުއް ތަފްސީރު)
ސީދާގޮތުން ވަޙީކުރައްވާފައިވަނީ 2 ގޮތަކަށެވެ. އެއީ ސީދާސީދަލަށް ބަސްވަޙީކުރެއްވުމާއި ހުވަފެންފުޅުގައި ބަސްވަޙީކުރެއްވުމެވެ. ނުސީދާގޮތުން ވަޙީކުރައްވަނީ ވަޙީގެ މަލާއިކަތާ ޖިބްރީލް ޢަލަހިސަލާމް މެދުވެރިކޮށެވެ.
ﷲ ވަޙީކުރައްވާފައިވަނީ
* $tBur tb%x. AŽ|³u;Ï9 br& çmyJÏk=s3ムª!$# žwÎ) $·‹ômur ÷rr& `ÏB Ç›!#u‘ur A>$pgÉo ÷rr& Ÿ@Å™öムZwqß™u‘ zÓÇrqã‹sù ¾ÏmÏRøŒÎ*Î/ $tB âä!$t±o„ 4 ¼çm¯RÎ) ;’Í?tã ÒOŠÅ6ym ÇÎÊÈ (ޝޫރާ 51) މާނައަކީ : ވަޙީއަކުން ( އެބަހީ އިލްހާމަކުން ނުވަތަ ހުވަފެންކުން ) ނުވަތަ ފަރުދާއެއްގެ އަނެއްފަރާތުން ނުވަތަ މަލާއިކަތަކު ފޮނުއްވާ، އެކަލާނގެ އިޒްނަފުޅާއެކު، އެކަލާނގެ އިރާދަކުރެއްވާ އެއްޗެއް ވަޙީކުރެއްވުމުން މެނުވީ އެއްވެސް އާދަމުގެ ދަރިއަކަށް ﷲ ބަސްވަޙީ ކުރެއްވުމެއްނުވެއެވެ. ހަމަކަށަވަރުން އެކަލާނގެއީ މަތިވެރިވަންތަ ޙަކީމްވަންތަ ރަސްކަލާނގެއެވެ.
ސިދާ ވަޙީބާވައިލެއްވުން
ﷲ ސުބުޙާނަހޫވަތަޢާލާއާއި އެބޭކަލަކާ ދެމެދު އެއްވެސް މެދުވެރިއެއްނެތި ބަސްވަޙީކުރެއްވުމާއި ހުވަފެންފުޅުގައި އިލްޙާމްކުރެއްވުމެވެ.
1. ﷲގެ ނަބީންގެ ހިތްޕުޅަށް ހޭފުޅުލައްވާ ހުންނަވަނިކޮށް ވަޙީކުރެއްވުން.
މިގޮތަށް ވެވޭ ވަޙީއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަރާތްޕުޅުން އައި ވަޙީކަން އެނަބީބޭކަލަކަށް އެއްވެސް ޝައްކަކާއި ނުލައި އެނގިވަޑައިގަންނަވާނެއެވެ. މިވަޙީއަށް (وحي قلبي ) އޭވެސްކިޔެވެ. ކީރިތި ރަސޫލާގެ އަރިހުން ޢަބްދުﷲ ބުން މަސްޢޫދު ރިވާކުރެއްވިޙަދީޘެއްގައިވެއެވެ.
إِنَّ روحَ القُدْ سِ نَفَثَ فى رَوعِى أَنَّه لن تَمُوتَ نَفْسٌ حَتَّى تَسْتَكْمَلَ رِزْقَهَا وَأَجَلَهَا فَاتَّقُو الله وَأَجْمَلُوا فى الطَّلبِ މާނައީ : ރޫހުލްޤުދުސް ، އެބަހީ ޖިބްރީލްގެފާނު ތިމަންކަލޭގެފާނުގެ ހިތްޕުޅަށް ފުމެލައްވަވާ އެންގެވި ގޮތުގައި، އެއްވެސް ނަފްސެއްގެ ރިޒްޤާއި އަޖަލު ފުރިހަމަކޮށް ދާންދެން މަރުނުވާހުއްޓެއެވެ.ފަހެ ތިޔަބައިމީހުން މާތްﷲގެ ހަޟުރަތަށް ތަޤްވާވެރިވާށެވެ. އަދި އަދަބުވެރިކަމާއެކު ރަނގަޅުގޮތުގައި ކަންކަމަށް އެދި ދުޢާކުރާށެވެ.
2. ތެދު ހުވަފެންފުޅަކުން ހިތްޕުޅަށް އިލްހާމްކުރެއްވުން
ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ވަޑައިގެންނެވުމުގެ ކުރީގައި އެކަލޭގެފާނަށް ވަޙީބާވައިލެއްވުނީ މުޅީންވެސް ހުވަފެންފުޅުގައެވެ. މިއީވެސް (وحي قلبي )ގެ ވައްތަރަކެވެ. ކީރިތި ރަސޫލާ ހަދީޘްކުރައްވާފައިވެއެވެ. رؤيا الأ نبياء وحي މާނައީ : ނަބީބޭކަލުންނަށް ފެނިވަޑައިގަންނަވާ ހުވަފެންތަކަކީ ވަޙީއެވެ.
§ ކީރިތި މާތްރަސޫލާ އެކަލޭގަފާނަށް ހޭފުޅުލައްވާ ހުންނަވަނިކޮށް ސީދަލަށް ދިމާނުވާ އެއްވެސް ހުވަފެންފުޅެއް ދެކެވަޑައިނުގަންނަވައެވެ. ޢައިޝަތުގެފާނު އަރިހުން ވާރިދުވެގްން އައިސްފައިވެއެވެ.
أوَّلُ مابدئَ به رسول الله صلي الله عليه وسلم من الوحي الرُّؤْيا الصَّالحةُ في النّوم ، فكان لا يرى الرُّؤْيا إلاجاءت مثل فلق الصُّبح (بخارى) މާނައީ؛ ރަސޫލުﷲގެ މައްޗަށް ވަޙީބާވައިލައްވަން އެންމެ ފުރަތަމަ ފެށުނުއިރު ފެށިފައިވަނީ އެކަލޭގެފާނު އަވަހާރަފުޅު ލައްޕަވާން އޮންނަވަނިކޮށް ފެނިވަޑައިގަންނަވާ ތެދުހުވަފެންފުޅުންނެވެ.ފަހެ، ފަތިހުގެ އަލިކަން ފާޅުވާފަދައިން ސީދަލަށް ދިމާނުވާ ހުވަފެންފުޅެއް އެކަލޭގެފާނު ދެކެވަޑައެއް ނުގަންނަވައެވެ.
§ އަދިވެސް އެހެންފަހަރެއްގާ އެކަލޭގެފާނަށް ހުވަފެންފުޅުގައި ފެނިވަޑައިގަންނަވަނީ މައްކާފަތަޙަވުމުގެ ކުރިން އެކަލޭގެފާނު އަސްޙާބުބޭކަލުންނާއެކު އިޙްރާމްގައި މައްކާ ވަދެވަޑައިގަންނަވާތަނެވެ. އެކަލޭގެފާނަށް މި ފެނިވަޑައިގަތް ހުވަފެންފުޅަކީ އެކަލޭގެފާނަށް ކުރެއްވި ވަޙީއެވެ. އެހެންކަމުން ޢުމުރާ ކުރެއްވުމަށްޓަކައި އަޞްޙާބުބޭކަލުންނާއެކު ނިކުމެވަޑައިގަތެވެ.(އިސްލާމީތަރުބިއްޔަތު ގުރޭޑް 11)
§ ހުވަފެންފުޅުގައި ބާވައިލެއްވިފައިވާ ސޫރަތަކީ سورة الكوثر އެވެ.އަނަސް ބިން މާލިކްގެ ކިބައިން ރިވާވެގެންވެއެވެ. އެއްދުވަހަކު ރަސޫލާ ތިމަން ބޭކަލުންނާއެކު މިސްކިތުގައި އިންނަވަނިކޮށް އަވަހާރަފުޅުލެއްޕުނުހެން ހީވެވުނެވެ. ދެން ހިނިތުންވެ ވަޑައިގަތުމާއެކު ބޯފުޅު އުފުއްލެއްވިއެވެ. އަދި ހަދީޘް ކުރެއްވިއެވެ."لقد أنزلت علىَّ آنفًاسورة" ދެންމެއަކު ތިމަންކަލޭގެފާނަށް ސޫރަތެއް ބާވައިލައްވައިފިއެވެ. އެއަށްފަހު ސޫރަތުލް ކައުޘަރު ކިޔަވާވިދާޅުވިއެވެ.
!$¯RÎ) š»oYø‹sÜôãr& trOöqs3ø9$# ÇÊÈ Èe@|Ásù y7În/tÏ9 öptùU$#ur ÇËÈ žcÎ) št¥ÏR$x© uqèd çŽtIö/F{$# ÇÌÈ ( ސޫރަތުލް ކައުޘަރ 1-3) (މުސްލިމް ވޮލޔަމް1، ޞ.113. ހަދީޘްނަމްބަރ.341-2)
§ އިބްރާހިމްގެފާނަށްހުވަފެންފުޅުގައި އެކަލޭގެފާނުގެދަރިކަލުން ޢިސްމާއިލްގެފާނު ޛަބަހަ ކުރައްވަނިކޮށްފެނިވަޑައިގަތެވެ. މިކަމަށް އިޝާރަތްކުރައްވާ ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވަނީ
... ¢Óo_ç6»tƒ þ’ÎoTÎ) 3“u‘r& ’Îû ÏQ$uZyJø9$# þ’ÎoTr& y7çtr2øŒr& öÝàR$$sù #sŒ$tB 2”ts? 4 .... ÇÊÉËÈ (ސާއްފާތި 102) މާނައީ :" އޭ ލޯބިވާ ދަރިފުޅާއެވެ. ހަމަކަށަވަރުން އަހުރެން ތިބާ ޤުރުބާންކުރާތީ ހުވަފެނުގައި އަހަރުންނަށް ފެނެއެވެ. ފަހެ، ތިބާއަށް ފެންނަގޮތެއް ވިސްނައި ބަލާށެވެ."
ޢިސްމާއިލް ޢަލަހިސަލާމް ވިދާޅުވިކަމަށް ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވަނީ
tA$s% ÏMt/r'¯»tƒ ö@yèøù$# $tB ãtB÷sè? ( þ’ÎT߉ÉftFy™ bÎ) uä!$x© ª!$# z`ÏB tûïÎŽÉ9»¢Á9$# ÇÊÉËÈ (ސާއްފަތި 102) މާނައީ : އޭ ލޯބިވާ ބައްޕާއެވެ. ކަލޭގެފާނަށް އަމުރުކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ. ﷲ އިރާދަކުރެއްވިއްޔާމު އަޅުގަނޑުވާނީ ކެތްތެރީންގެ ތެރެއިންކަން ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ.
3. (وحي الهى ) ސީދާސީދަލަށް ބަސްވަޙީކުރެއްވުން
ﷲ އާއި އެކަލާނގެ ނަބިއްޔަކާ ދެމެދު އެއްވިޔަސް މެދުވެރިއެއް ނެތި ސީދާސީދަލަށް ބަސްވަޙީކުރެއްވުމެވެ. މީވަޙީގެ އެންމެ މަތިވެރިގޮތެވެ. މި ގޮތަށް ވަޙީކުރައްވާފައިވަނީ ދެ ނަބީބޭކަލަކާއެވެ.އެއީ މޫސާގެފާނާއި މުޙައްމަދުގެފާނެވެ. މިގޮތުން ކަލިމުﷲގެ ނަމުން މަޝްހޫރުވެފައިވާ ބޭކަލަކީ މޫސާ ޢަލަހިސަލާމެވެ. އެކަލޭގެފާނާ ބެހޭ ގޮތުން ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވަނީ
.... 4 zN¯=x.ur ª!$# 4Óy›qãB $VJŠÎ=ò6s? ÇÊÏÍÈ (ނިސާ 164) މާނައީ: އަދި މެދުވެރިއެއްނެތި ބަސްވަޙީކުރެއްވުމަކުން މާތްﷲ މޫސާގެފާނަށް ބަސްވަޙީކުރެއްވިއެވެ."
އަދިވެސް އެކަލާނގެ ވަޙީކުރައްވަނީ
$£Js9ur uä!%y` 4Óy›qãB $uZÏF»s)ŠÏJÏ9 ¼çmyJ¯=x.ur ¼çmš/u‘ .... ÇÊÍÌÈ (އަޢްރާފް 143) މާނައީ : ތިމަން އިލާހް ކަނޑައަޅުއްވާފައިވާ މުއްދަތަށް މޫސާގެފާނު ވަޑައިގަންނަވައި އެކަލޭގެފާނުގެ ވެރިރައްބު އެކަލޭގެފާނު ބަސްވަޙީކުރެއްވި ހިނދެއެވެ.
ދެވަނައަށް މުހާޠަބުކުރައްވާ ބަސްވަޙީކުރެއްވި ބޭކަލަކީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމައެވެ. އެއީ ކީރިތި ރަސޫލާ މިޢުރާޖަށް އަރައިވަޑައިގަތްރޭ ސިދުރަތުލް މުންތަހާ ކައިރީގައެވެ.
ނުސީދާގޮތުން ވަހީބާވައިލެއްވުން
ވަޙީގެ ބޮޑުބައެއް ނަބިބޭކަލުންނަށް ބާވާލައްވާފައިވަނީ ޖިބްރީލް ޢަލަހިސަލާމް މެދުވެރިކޮށެވެ. މިއީ (وحي ملكي) އެވެ. ކީރިތި ޤުރުއާން އެއްކޮށް ބާވައިލައްވާފައިވަނީ މިގޮތަށެވެ. މިކަމަށް އިޝާރަތްކުރައްވާ ﷲ ވަޙީކުރައްވަނީ
ö@è% ¼çms9¨“tR ßyr①Ĩ߉à)ø9$# `ÏB šÎi/¢‘ Èd,ptø:$$Î/ |MÎm7s[ã‹Ï9 šúïÏ%©!$# (#qãZtB#uä ..... ÇÊÉËÈ (ނަހްލު 102) މާނައީ : ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭގެފާނުހައްދަވައި ބޮޑުކުރެއްވި ކަލާނގެ ޙަޟްރަތުން ހައްޤުގޮތުގައި އެފޮތް ބާވައިލެއްވުމުން ގެނެސްދެއްވީ ޖިބްރީލުގެފާނެއެވެ. އީމާންވީމީހުންނަށް ސާބިތުކަން ދެއްވުމަށްޓަކައެވެ.
ވަޙީބާވައިލެއްވޭ ގޮތް
ރަސޫލުބޭކަލުންނަށް ތަފާތު ގޮތްތަކަށް ޖިބްރީލް ޢަލައިހިސަލާމް މެދުވެރިކޮށް ވަޙީބާވައިލެއްވިފައިވެއެވެ. އޭގެ ތެރެއިން :
1. އަލްހާރިޘްބުން ހުޝާމް ރަސޫލާއާއި ސުވާލުދެންނެވިއެވެ.ކަލޭގެފާނަށް ވަޙީބާވައިލައްވަނީ ކިހިނަކުންތޯއެވެ؟ އެކަލޭގެފާނު ހަދީޘްފުޅުކުރެއްވިއެވެ.
أحْيَانًا يَأْ تِيْنِى مثْل صَلْصَلَةِ الجَرَسِ وهو أشدّه عَلىّ فَيَفْصُم عَنِّ وقد وَعِيْتُ عَنْهُ ما قال --- )ބުހާރީ ހަދިޘް 2) މާނައީ : ބައެއްފަހަރު ތިމަން ކަލޭގެފާނަށް ވަޙީ އަންނަނީ ރަނގަބީލެއްގެ އަޑު އަންނަ ފަދައިންނެވެ. މިބާވަތުގެ ވަޙީއަކީ ތިމަން ކަލޭގެފާނަށް އެންމެ ބުރަވެގެންވާ ވަޙީގެ ބާވަތެވެ. ފަހެ މިހާލުން ތިމަންކަލޭގެފާނު ވަކިވެ ވަޑައިގަންނަވާ ހިނދު މަލާއިކަތާ ވިދާޅުވި ބަސްފުޅު ތިމަންކަލޭގެފާނަށް ސާފުކޮށް އެނގިވަޑައިގެންފައިވެއެވެ.
2. އިންސާނެއްގެ ސިފައިގައި މަލާއިކަތާ ފާއިބާ ވަޑައިގެންނެވުމެވެ. މިއީ ކީރިތި ރަސޫލާ އެންމެ ފަސޭހަ އަދި ވަޙީގެ އެންމެ ލުއި ގޮތެވެ. "ދިޙުޔަތުލް ކަލްބީ" އޭކިޔުން ޞަހާބީއެއްގެ ގޮތުގައި ރަސޫލާ އަރިހަށް ޖިބްރީލްގެފާނު ވަޑައިގަންނަވައެވެ. އަލް ހާރިޘްބިން ހުޝާމް ގެ ސުވާލުގެ ޖަވާބުގައި މި ވައްތަރާއި ބެހޭ ގޮތުން ކީރިތިރަސޫލާ ހަދީޘްކުރައްވަނީ
.... وَأحْينًا يَتَمَثَّلُ لِيَ الْمَلَك رَجُلاً فَيُكَلِّمُنِى فَأعْيِ ما يقولُ (ބުހާރީ 2) މާނައީ : އަދި ބައެއްފަހަރު މަލާއިކަތާ ފިރިހެނެއްގެ ސިފައިގައި ތިމަންކަލޭގެފާނަށް ފާޅުވެވަޑައިގެން ތިމަންކަލޭގެފާނާއި ބަސްފުޅުވިދާޅުވެއެވެ. ފަހެ އެހިނދު އެވިދާޅުވާ ބަސްފުޅެއް ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ.
3. ޙަޤީޤީ ސިފަފުޅުގައި ރަސޫލާ އަރިހަށް ޖިބްރީލް ޢަލައިހިސަލާމް ވަޑައިގަތުމެވެ.
4. އެއްވެސް މެދުވެރިއެއްނެތި ﷲ ބަސްވަޙީކުރެއްވުން
5. ތެދު ހުވަފެންފުޅު ފެނިވަޑައިގަތުމާއި ހިތްޕުޅަށް އިލްހާމްކުރެއްވުން.
ވަޙީގެ ވައްތަރުތައް
ﷲ ސުބުޙާނަހޫވަތަޢާލާ ކީރިތ ރަސޫލާގެެ މައްޗަށް ވަޙީބާވައިލައްވާފައިވަނީ ތަފާތު 3 ވައްތަރަށެވެ. އެއީ
1. ﷲ ސުބުހާނަހޫވަތަޢާލާ ޖިބްރީލް ޢަލަހިސަލާމްމެދުވެރިކޮށް ޢަރަބިބަހުން ކީރިތި ރަސޫލާގެ މައްޗަށް ކިޔެވުން އަޅުކަމެއްގޮތުގައި ބާވައިލެއްވުނު ވަޙީއަކީ ޤުރުއާނެވެ.
2. ﷲ ސުބުޙާނަހޫވަތަޢާލާއަށް ނިސްބަތްކުރެވޭ އެހެންނަމަވެސް ކީރިތިރަސޫލާ ފަރާތުންއޭގެ ލަފުޒު އައިސްފައިވާ ވަޙީއަކީ ޤުދުސީ ހަދީޘެވެ. މި ކިޔެވުމަކީ އަޅުކަމެއް ނޫނެވެ.
3. ކީރިތި ރަސޫލާގެ ހަދީޘަކީ އެކަލޭގެފާނު ވިދާޅުވިބަސްފުޅުތަކާއި، އެކަލޭގެފާނު ކުރެއްވި ޢަމަލުފުޅުތަކާއި، އެކަލޭގެފާނު އަރިހުގައި ކަމެއް ހިނގުމުން އެއްޗެއް ވިދާޅުވެފައި ނުވާކަންތައްތަކެވެ. ﷲ ސުބުޙާނަހޫވަތަޢާލާ ވަޙީކުރައްވަނީ $tBur ß,ÏÜZtƒ Ç`tã #“uqolù;$# ÇÌÈ ÷bÎ) uqèd žwÎ) ÖÓórur 4ÓyrqムÇÍÈ (ނަޖުމް 3-4) މާނައީ: އެކަލޭގެފާނު އެވިދާޅުވާ ބަސްފުޅުތަކަކީ އެކަލޭގެފާނުގެ އަމިއްލަ އެދުންފުޅަށް ވިދާޅުވާ ބަސްތަކެއް ނޫނެވެ. އެއީ އެކަލޭގެފާނަށް އިއްވެވޭ ވަޙީއެއްކަން މެނުވީ ނުވެއެވެ.
0 comments:
Post a Comment