މަރު



މަރު
އަބޫ ފަޟީލް

އަހުރެން އަހުރެންގެ ނަފްސަށާއި ތިޔަ އެންމެހާ އަޚުންނަށް މިފަޞިއްޔަތްކުރަނީ ﷲ އަށް ތަޤްވާވެރި ވުމަށް. އެހެނީ ﷲ އަށް ބިރުވެތިނުވާ ކޮންމެ މީހަކު މަގުފުރެދޭނެ. ﷲ ވަޙީކުރައްވާފައިވޭ.

((އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ ބިރުވެތިވެ ތަޤްވާވެރިވުން މަތީ ދެމިތިބެއްޖެ ނަމަ ތިޔަބައިމީހުންނަށް فُرْقَانُ އެއް (އެބަހީ: ހެވާއި ނުބައި ދެނެގަންނާނެ އެއްޗެއް) ލައްވާ ހުށީމެވެ.)) (8:29)

ﷲ ގެ އަޅުތަކުންނޭ! ﷲގެ ޢަޛާބަށް ބިރުވެތިވާ މީހާއަށް ހެޔޮކަންތައްތައް ކުރުން ފަސޭހަވާނެ. ނަމަވެސް ދޮގު އުއްމީދު ތަކެއް ކުރާ މީހާ ހެޔޮޢަމަލުތައް ކުރުމުގައި ކަންނެތްވެ، އެންމެ ފަހުން ނުބައިކަންތައްތައް ކުރުން ގިނަވެދޭ. ނަމަވެސް މުސްތަޤުބަލް ވަނީ ކައިރީގައި. އަހަރެމެންގެ ވެރި رَبُّ އަހަރެމެން ހެއްދެވީ ބޭކާރު ގޮތެއްގައެއް ނޫން. ވީއިރު އަހަރެމެން ދާނެ މިޞްރާބަކަށް ދިއުމަކަށް ދޫކޮށެއް ނުލައްވާނެ. ވީއިރު މާދަމާ ތިބާއަށް ސަލާމަތް ކަމެއް ހޯދައި ދޭނެ ކޮއްތެއް ހޯއްދަވާ.
މަރުގެ ވަޤުތު ވަނީ ވަންހަނާކުރެއްވިގެން. އުއްމީދުތައް ދަނީ އިންސާނާ ހެއްލުތެރިކުރަމުން. މީހަކު މަރުވެއްޖެ ނަމަ ދިރިތިބީން އެމީހަކު ފެންފަރުވައި، ތައްޔާރު ކުރޭ. އެ މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރޭ. އަދި އެ މައްޔިތާގެ ދާއިމީ ގެއަށް އޭނާ ގެންދަނީ ދިރިތިބީންގެ އަތްތަކުން. ތިބާއަށް ފެންނާނެ އޭނާގެ ތިމާގެ މީހުން ކޮންމެވެސް ވަރަކަށް ހިތާމަކުރަނިކޮށް. ނަމަވެސް އިސާހިތަކު އެމީހުން އެކަންތައް ހަނދުމަ ނައްތާލާފައި، ދުނިޔޭގެ މަޖަލުގެ ތެރެއަށް ގެނބިދޭ. ޣާފިލުކަން އެމީހުންގެ މައްޗަށް ގަދަވެދޭ

ޢިއްޒަތްތެރި އަޚުންނޭ! މިޙަޔާތަކީ ޣާފިލުންގެ މައްޗަށް ވާ ޙުއްޖަތެއް. އެމީހުންގެ ދުވަސްތައް އެމީހުން ގެންދަނީ އަބާއްޖެވެރިކަމާއި ދިމާލަށް. ހެޔޮޢަމަލު ކުރުމަކާއި ނުލައި އާޚިރަތުގެ ދަރުމައާއި ޘަވާބަށް މީހަކު އުއްމީދު ކުރާނީ ކިހިނަކުން؟ ޣާފިލުކަމާއި، ދުނިޔޭގައި ގިނަ ދުވަހު ދިރިއުޅޭނެކަމުގެ އުއްމީދުގެ ތެރެއަށް ޣަރަޤުވެފައިވާ މީހަކު ތަވްބާވާނީ ކިހިނަކުން؟
ޣާފިލުންނަށް ހަލާކުހުރި. އޭނާއަށް އެއްޗެއް ދެވުނަކަސް އެނާ ހިންހަމައެއް ނުޖެހޭ. އަދި އޭނާ ކަމަކުން މަޙްރޫމު ވެއްޖެނަމަ ހިތާމަކުރޭ. އޭނާ އަމިއްލައަށް ނުކުރާ ކަންތައްތަކަށް އެހެން މީހުންނަށް އޭނާ އަމުރުކުރޭ. އޭނާ އެކަންކަމުން މަނާވެ ނުގަންނަ ކަންތައްތައް މީސްތަކުންނަށް އޭނާ މަނާކުރޭ. އޭނާ އަބަދާއި އަބަދު އެހެންމީހުންގެ ކުށްތައް ހޯދާ އެވާހަކަ ދައްކާ، އަދި އަމިއްލަ ނަފްސު ފުރިހަމަ ކަމުގައި ދެކޭ.

ދުނިޔޭގެ ޙަޔާތުގެ އުފަލަށް ގެނބި ޣާފިލުވެގެންވާ މީހުންނޭ! ދުނިޔޭގެ ޙަޔާތަށް އިތުބާރުކުރި ކިތައް މީހުންނަށް ދުނިޔޭގެ ޙަޔާތް ޚިޔާނާތްތެރިވިބާ؟ މަކަރުވެރި ކިތައް އަނިޔާވެރިންނަށް ދުނިޔޭގެ ޙަޔާތް އޮޅުވާލިބާ؟ ކިތައްކިތައް ކިބުރުވެރިން ދަށްކޮށް، ކިތައް ޢިއްޒަތްތެރިން ނިކަމެތިކޮށްލިބާ؟

މިޙަޔާތުގައި ލިބޭ އާރާއި ބާރަކީ ބަދަލުވޭވޭ ހުންނަ އެއްޗެއް. އެއްވަރެއްގައި ދެމިހުންނަ އެއްޗެއް ނޫން. މިޙަޔާތުގެ ފޮނިކަމަކީ ވަރަށް އަވަހަށް ހިތިވެދާ އެއްޗެއް. އޭގެ ހިތިކަމަކަން ވެސް އެހާ އަވަހަށް ފޮނިވެދޭ. ބާރުގަދަ ވެރިން ބަލިކޮށްލެވޭ. ޙަޔާތަކީ ކުރުއެއްޗެއް. އޭގައިވާ މަތިވެރި އެއްޗެއްސަކީ މަދު އެއްޗެއް. ޙަޔާތް ވަރަށް އަވަހަށް ދަވްރުކުރަމުންދޭ. އޭގެ އުފާތައް ވަރަށް އަވަހަށް ހިތާމައަށް ވެދޭ. ޞިއްޙަތު ބަލިކަމަށް ބަދަލު ވެދޭ. މުދާވެރިކަން ހައިހޫނުކަމަށް ބަދަލުވެދޭ. އޭގެ ދުވަސް ތަކަކީ ހެއްލުންތެރި ކުރުވާ މަކަރުވެރި ދުވަސް ތަކެއް. އޭތި އަމުރުކުރަނީ ނުބައިކަންކަމަށް. އޭގައި ވަނީ ފިލައި ދަނިވި ހިނދުކޮޅެއްގެ އުފާތަކެއް، އުދަނގޫތަކާއި މަރު. އޭގެ ބިނާ ނިކަން އަވަހަށް ފުނޑުފުނޑު ވެދޭ. އޭގައި މީހުން އެކަތިގަނޑަކަށްވެ ހަމައެހާ އަވަހަށް ބައިބައިވެދޭ. އޭގައި ވާ ކޮންމެ އެއްޗެއް މައްޓަށް ވެދޭ.

ކިތަންމެ ގިނައިން ލިބުނު ކަމުގައި ވިޔަސް، ޣާފިލުންގެ ހިތެއް ނުފުރޭ. އެމީހުން އެދޭ ހުރިހާ ކަމެއް އެމީހުންނަކަށް ނުލިބޭ. އެމީހުންނާއި ކުރިމަތިލުމަށް ބަލަބަލައި ހުރި އެއްޗަށް އެމީހުން ތައްޔާރެއް ނުވޭ. އެމީހުން އެއްކުރޭ، ނަމަވެސް އެއިން އެމީހުންނަކަށް ފައިދާއެން ނުކުރޭ. އެމީހުން ޢިމާރާތްތައް ބިނާކުރޭ، ނަމަވެސް އެތަންތާގައި އެމީހުންނަކަށް ދިރިއެއް ނުއުޅެވޭ. ނުލިބޭނޭ ތަކެއްޗަށާއި ނުވާނޭ ކަންކަމަށް އެމީހުން އުއްމީދުކުރޭ. ﷲ ވަޙީކުރެއްވިއެވެ.

(އެބައިމީހުން ކައިބޮއި އުޅުމަށާއި، ދުނިޔޭގެ އުފާލިބިގަތުމަށާއި، އަޞްލެއްނެތް ދޮގު އުންމީދުތައް، އެބައިމީހުން މަޝްޢޫލުުކުުރުމަށް ތިބާ އެބައިމީހުން ދޫކޮށްލައްވާށެވެ! ފަހެ އެބައިމީހުންނަށް ނިކަން އަވަހަށް އެނގިދާނެއެވެ.) ((15:3))

ގިނަދުވަހު ދުނިޔޭގައި ދިރިހުރުމަށް އުއްމީދުކުރާ މީހުން ޢިމާރާތްތައް ބިނާކުރޭ، އަދި އެއިމާރާތް ތަޅާލާ. އޭނާ އަންދާޒާކުރޭ، ނަމަވެސް އޭނާގެ އަންދާޒާ ނުބައިވޭ. އޭނާ ކުރާނަމޭ ބުނާކަންކަމެއް އޭނާއެއް ނުކުރޭ. އޭނާ ރާވާ ރޭވުން ތަކާއި އެއްގޮތަށް އޭނާ ކަންތަކެއް ނުކުރޭ. ކަންތައްތައް ހިނގަނީ އޭނާ ރާވާ ރޭވުމާއި މުޅިން ޚިލާފަށް. އޭނާ ކުށްފާފަކޮށް އަނިޔާވެރިވޭ. ތަވްބާވުން ފަސްކުރޭ. ކުއްލިއަކަށް މަރުއަތުވެދޭ. ނަމަވެސް އޭނާގެ ދިގު ޢުމުރުގައި އޭނާ ކުރި އެންމެހާ ކަންތައްތަކުން އޭނާއަށް މަންފާއެއް ނުކުރޭ. އޭނާގެ ލޯބިވާ ތިމާގެ މީހުންނާއި ރަޙްމަތްތެރިން ކަށްވަޅުގައި އޭނާ އެކަނި ބާއްވާފައި ހިނގައިދޭ. ﷲ ވަޙީކުރައްވާފައިވޭ.

(ތިބާއަށް އެނގިވަޑައި ގަންނަވާތޯއެވެ؟ ތިމަން އިލާހު އެބައިމީހުން އެތައް އަހަރަކަށް ލެހެއްޓެވި ކަމުގައި ވިއަސް ދެން އެމީހުނަށް ވަޢްދު ކުރެއްވިގެންވާ ކަންތައްތައް (އެބަހީ: ޢަޛާބާއި ހަލާކު) އައިމާ އެބައިމީހުން (ދުނިޔޭގައި) ލެހެއްޓެވި ލެހެއްޓެވުމަކުން އެމީހުނަށް އެއްވެސް ކަމެއް ފުއްދައެއް ނުދޭނެއެވެ.) ((207- 26:205))

ލޮބުވެތި އަޚުންނޭ! ﷲ ގެ ނަބިއްޔާ ޙަދީޘްކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައި ވޭ ((އުފާތައް ނެތިކޮށްލާ އެތީގެ މަތިން ތިޔަބައިމީހުން ގިނަގިނައިން ހަނދުމަކުރާށެވެ! އެބަހީ: މަރު ހަނދުމަކުރާށެވެ!))

މިއީ މަދުކަލިމަތަކެއްވާ މާނަ ފުން އިރުޝާދެކެވެ. ޔަޤީނުންވެސް މަރު ހަނދުމަކުރަންޖެހޭ ގޮތަށް މަރުހަނދުމަ ކުރާ މީހާ އޭނާގެ ޢަމަލުތައް ޙިސާބުކޮށް، އޭނާގެ ޢަމަލުތަކާއި މެދުގައްޔާއި، އޭނާގެ ލަނޑުދަނޑިއަށް އޭނާއަށް ވާޞިލުވޭތޯ އޭނާގެ ނަފްސާއި ސުވާލުކުރާނެއެވެ. ނަމަވެސް ޣާފިލުވެފައިވާ ހިތެއްގެ ވެރިޔާ ބޭނުންވާނީ ފޮނި ވާހަކަތަކަކާއި ދޮގު އުއްމީދުތަކެއް.
އެކަތިގަނޑަކަށްވެފައިވާ މީހުން ވަކިކުރުވާ، އުފާތަށް ނެތިކޮށްލާ އެތީގެ މަތިން ގިނަގިނައިން ހަދުމަކުރޭ. އުނދަގުލެއްގައިވާ މީހަކު އޭތީގެ މަތިން ހަނދުމަކޮށްފި ނަމަ އެމީހަކަށް ހިމޭންކަމާއި އަރާމް ލިބިދޭ. އަރާމާއި އުފަލުގައިވާ މީހަކު އޭގެ މަތިން ހަނދުމަކޮށްފި ނަމަ އެމީހަކަށް އުދަނގުލާއި ހާސްކަން ލިބިދޭ.
ﷲ ގަންދީ ހުވާކޮށްފައި ބުނަން. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ނިމުން އަންނާނެ. ކޮންމެ ނަފްސެއް މަރުވާނެ. ބިންގަނޑު އަހަރެމެންގެ މަސްތައް ކާނެ. އަހަރެމެންގެ ލޭތައް ބޯނެ. އެއީ އަހަރެމެން އެބިންގަނޑު މަތީގައި ހިނގާފަދައިން، އަދި އޭގެ ފެން ބޯފަދައިން. ﷲ ވަޙީކުރައްވާފައިވަނީ.

(އަދި އެދުވަހުން ތާޅަފިލި ފުމެލެއްވޭ ހުއްޓެވެ. ދެން، އެޑުތަކާއި ބިމުގައިވާހައި މީހުން (ބިރުން) މަރުވެގެން ވެއްޓޭނެއެވެ. (އެބިރުވެރިކަމުން ސަލާމަތް ކުރެއްވުމަށް) އެއިލާހު އިރާދަ ކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއްފަހަރު، ފުމެލެއްވޭ ހުއްޓެވެ. ދެން އެންމެހައި މީސްތަކުން، ތެދުވެ، ބަލަބަލައި ތިބޭނެތެެވެ.) ((39:68))

إبن ماجة ރިވާކުރެއްވި ޙަދީޘެއްގައިވޭ. އެއްދުވަހަކު ނަބިއްޔާ ޤަބުރެއްގެ ކައިރީގައި ހުއްޓިވަޑައިގެންނެވި. އަދި ކީރިތި ކުރެއްވުމަށް ފަހު ޙަދީޘްކުރެއްވި. "މަގޭ ބައްޕަ! މިކަމަށް ތިޔަބައިމީހުން ތިޔަބައިމީހުންގެ ނަފްސުތައް ތައްޔާރު ކުރޭ!"

إبن ماجة އާއި طبراني ރިވާކުރެއްވި ޙަދީޘެއްގައިވޭ. މީހަކު އެއްސެވެ. އޭ ﷲ ގެ ރަސޫލުއެވެ! މީސްތަކުންގެ ތެރެއިން އެންމެ ބުއްދިވެރި މީހަކީ ކޮބައިތޯއެވެ؟ ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. "އެންމެ ބުއްދިވެރި މީހަކީ ގިނަގިނައިން މަރު ހަނދުމަކޮށް، އެއާއި ބައްދަލު ކުރުމަށް ތައްޔާރު ވެގެން ހުންނަ މީހާއެވެ..."

އިމާމް ޢަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައިވޭ. "ބުއްދިވެރިޔަކީ ތިމާގެ ކުށްތައް ހޯދައި، މަރުވުމަށް ފަހު އަންނަށް އޮތް ކަންތައްތަކަށް ތައްޔާރު ވުމުގެ ގޮތުން ހެޔޮ ޢަމަލުކުރާ މީހާއެވެ.

މަރު، ޙަޔާތުގެ ޙަޤީޤަތް ފާޅުކޮށްދީފި. ހެޔޮ ވިސްނުން ހުރި އެކެއްވެސް މިހަޔާތާއި މެދު އުފާކުރާނެ ޖާގައެއް ނެތް. އުފަލާއި މަޖަލުގައި ދިރި އުޅޭމީހުންގެ އުފާލާއި މަޖާ ނެތިކޮށްލާ އެއްޗަކީ މަރު. ވީއިރު އޭގައި މަރުވުމެއް ނުވާ އުފާ ލިބިގަތުމަށް މަސައްކަތް ކުރައްވާ. ސުވަރުގޭގެ އަހުލުވެރިން މަރުވުމެއް ނެތް، އެހެންވެ އެމީހުންގެ ދިރިއުޅުން އަރާމް އެއްޗެއް ކަމުގައިވޭ. އެމީހުން ބައްޔެއްނުވޭ، އެހެންވެ އެމީހުން އުފަލުގައި އަބަދުގެ އަބަދަށް ދިރިއުޅޭ.

އޭ މުސްލިމުންނޭ! މަރާއި އޭގެ އެންމެހާ އުދަގޫތައް ހަނދުމަކުރައްވާ! ބިރުވެރި ހަޅޭކެއް ލުމަށް ފަހު، އުނދަގުލާއި ދަތިކަމާއި އެކު ނޭވާއެއްލައި، ފުރާނަ ހަށިގަނޑާއި ވަކިވެގެންދާ ވަގުތު ހަނދުމަ ކުރައްވާ! އެހެނީ ގިނަގިނައިން މަރު ހަނދުމަކުރާ މީހަކަށް ތިން ކަމަކުން ބަރަކާތްލައްވާނެ. އެއީ އަވަހަށް ތަވްބާވުން، ހިތަށް އުފާވެރިކަން ދެއްވުން، އަޅުކަން ކުރުމަށް ޝަޢުގުވެރިވުން. ހަމަ އެއާއެކު، މަރު ހަނދުމަ ނައްތައިފި މީހަކަށް ތިން މުޞީބަތެއް ޖެހޭނެ. އެއީ ތަވްބާވުން ފަސްކުރުން، ހިތް ނުތަނަވަސްވުން، އަޅުކަމުގައި ކަންނެތްވުން.

ހިތްތައް ހަލާކުކޮށްލާ، ލޯތައް ކަރުނައިން ތެންމާލާ، އުފާތައް ނެތިކޮށްލާ، މީސްތަކުން ބައިބައިކޮށްލާ، އުއްމީދުތައް ފުނޑުފުނޑުކޮށްލާނެ އެއްޗަކަށް މަރު ފުދޭ. ބޮޑެތި ޢާއިލާތަކާއި، ގިނަ ރަޙްމަތްތެރިންނާއި އެކު އުޅެނިކޮށް މަރު އައިސް އެހުރިހާ އެއްޗަކާއި އޭނާ ވަކިކުރުވާ. އަލިކަމާއި މަޖަލުގައި ވަނިކޮށް މަރު އައިސް އަދިރިއާއި އެކަނިވެރި ކަމުގެ ތެރެއަށް އޭނާ ގެންދޭ. ތަނަވަސް ޖާގައިގާ އުޅެނިކޮށް، މަރު އައިސް ހަފަރާތުން ބެދިފައިވާ ހަނިކަން ބޮޑު ކައްވަޅަށް އޭނާ ގެންދޭ. ބިން މަތީގައި ހިނގަހިނގާ އުޅެނިކޮށް މަރު އައިސް ފަސްގަނޑުގެ އަޑިއަށް އޭނާ ގޮވައިގެންދޭ. އެތާގައި ތިބާގެ ކަފުން ވީދި ހުސްގަޔާވެ، ހުސްފަޔާވެ، އެކަނިވެރި ވެދާނެ. ތިބާގެ ގެއަކީ ކަށްވަޅު ކަމުގައި ވެދާނެ. ހިރަފުހަކީ ތިބާގެ ފޭރާން ކަމުގައި ވެދާނެ. މަރުވެފައިވާ މީހުންގެ އެކިއެކި ގުނަވަންތަކަކީ ތިބާގެ އަވަށްޓެރިން ކަމުގައި ވެދާނެ. އެއީ އަޑުނީވޭ، އަދި އެއަޑަށް އިޖާބައެއް ނުދެވޭ އަވަށްޓެރިންތަކެއް. ތިބާ ދުނިޔޭގައި ގިނަދުވަހު ދިރިހުރި، އަދި ގިނަތަކެތި ތިބާއަށް މިލްކުވި. ނަމަވެސް ތިބާގެ ވެރި رَبُّ ގެ އަމުރުފުޅު އައި ހިނދު، އެތަކެތި ތިބާއަކަށް މަންފާއެއް ނުކުރި. އެހެންވެ ތިބާ ދުނިޔޭގައި އުޅުނު ގެ ޤަބުރަށްވެ، ތިބާ އެއްކުރި ތަކެތި ގެއްލިގެން ދިޔަ. ތިބާގެ މުދާތައް ވާރުތަވެރިންގެ މެދުގައި ބަހާލެވިގެން ދިޔަ. ތިބާގެ ޙަޔާތުގެ ބައިވެރިޔާ ނުވަތަ ލޯބިވެރިޔާ ތިބާގެ މަތިން ހަނދާން ނައްތާލުމަށް ފަހު އެހެން މީހަކު އިޚްތިޔާރުކުރި. އަދި ތިބާގެ މައްޗަށް ﷲ ވަޢުދުކުރެއްވި ކަންތައް އަތުވެއްޖެ.

(ތިމަން ﷲ ތިޔަބައިމީހުން ހެއްދެވީ ބޭކާރު ގޮތެއްގައި ކަމަށް، އަދި ތިޔަބައިމީހުން ހަމަކަށަވަރުން ތިމަން ﷲގެ ޙަޟްރަތަށް ރުޖޫޢަނުކުރެއްވޭނޭ ކަމަށް ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟) ((23:115))

އޭ ﷲ ގެ އަޅާ! ތިބާ މަރުވާނެ ދުވަހާއި މެދު ތިބާ ދުވަހަކުވެސް ވިސްނާލިންތަ؟ އެދުވަހު ތިބާއަށް ލަހެއް ފަހެއް ނުކުރެވޭނެ. އަދި އެދުވަހުން ތިބާ ތިބާގެ ކުށް ޤަބޫލުކުރުމަކުން ތިބާއަށް މަންފާއެއް ނުކުރާނެ. ތިބާގެ ހިތް އެއްޗަކުން ފަރުދާކުރެވިގެންވާ ޣާފިލުކަން ނައްޓާލައްވާ. އެހެނީ ތިބާގެ ހިތުގެ ޝުޢޫރުތަކާއި ތިބާގެ ހިތަށް އަރާހާ ތަކެއްޗެއް މޮޅާށް ދެނެވޮޑިގެންވާ ﷲ ގެ ޙަޟްރަތުގައި ތިބާ ވަރަށް އަވަހަށް ކޮޅަށް ހުންނަން ޖެހޭނެ. ﷲ ތިބާގެ ލޮލުން ކުރި ކަންތައްތަކާއި މެދު ތިބާއާއި ސުވާލު ކުރައްވާނެ. ތިބާގެ ކަންފަތުން އަޑުއެހި ތަކެތި ޙިސާބުކުރެއްވޭނެ. ﷲ ވަޙީކުރައްވާފައިވޭ.

"އަދި އެދުވަހުން (ޙިސާބުކުރެއްވުމަށް) ތިޔަބައިމީހުން ގެނެވޭނެއެވެ. ތިޔަބައިމީހުން ސިއްރުކުރަން ބޭނުންވާ ކަންތައްތަކެއް ސިއްރެއް ނުކުރެވޭނެތެވެ." (69:18)

މާރާއި މެދު ވިސްނާލައްވާ! އެހެނީ އިންސާނާ ﷲ އަށް ނުކިޔަމަންތެރިވުމުން އެއްކިބާ ކުރަނީ އެކަން. ހަރު ހިތް މަޑުކުރުވަނީ އެކަން. މިޙަޔާތަށް އިތުބާރުކުރުމުން ދުރުކޮށް، އުނދަގުލާއި މުޞީބަތުގެ ވަޤުތުގައި ހިތްހަމަޖައްސައި ދެނީ އެކަން. މަރު ހަނދުމަކުރޭ! އޭރުން ފަހަރުގައި ހިތާމައިގެ ވަގުތުން ތިބާ ސަލާމާތް ވެދާނެ.
އޭ އާދަމުގެ ދަރިޔާ! ﷲ އަށް ބިރުވެތިވޭ! އެއްވަގުތެއްގައި ދެކަމެއް ތިބާ އާއި ކުރިމަތި ވިޔަނުދޭ! އެއީ މަރުގެ ސަކަރާތާއި އުނދަގޫތައް، އަދި ހިތާމައާއި ހިތްދަތިކަން. މަރުގެ ސަކަރާތާއި މެދު ރައްކާތެރިވޭ! އެހެނީ މަރު ތިބާއާއި ބައްދަލުކުރާނީ ކުއްލިއަކަށް. އެކަކަށްވެސް ތިބާ އާއި ބައްދަލުވާނޭ ކަންތަކާއި ތިބާއަށް ފެންނާނޭ ކަންތައް ޞިފައެއް ނުކުރެވޭނެ. ނުކިޔަމަންތެރިކަމުގައި ވަނިކޮށް މަރުނުވުމަށް ހުށިޔާރުވޭ! އެެހެންނޫންނަމަ، ތިބާގެ ވެރި رَبُّ އާއި ތިބާ ބައްދަލުކުރަން ޖެހޭނީ ދެއްކޭނެ އެއްވެސް ޢުޛުރެއް ނެތި.

ޢިއްޒަތްތެރި އަޚުންނޭ! ތިމަންމެންނަށް ފުދޭނެ ރިޒްޤެއް ނުލިބިދާނެ ކަމަށް އުޅުނު މީހުން ކޮބައިތޯ؟ ދަތުރުގެ ދުރުކަމާއި އުޅެންޖެހޭ ބީރައްޓެހި ކަމާއި މެދު ބިރުވެތިވި މީހުން ކޮބައިތޯ؟ މިދުނިޔެއިން އޭނާ ނެގި އެއްޗެއް ކަމުގައި ވަނީ ހަމައެކަނި ބާވެފައިވާ ފޭރާމަކާއި، ކުޑަކުޑަ ކާއެތި ކޮޅެއް. ދުނިޔޭގެ ޙަޔާތުގައި އޭނާވީ ތެދު މަގުލިބިގެންވާ އިއްފަތްތެރިއެއް ކަމުގައި. ކުޑަކުޑަ ކާއެތި ކޮޅަކުން އޭނާއަށް ފުދުނު. އޭނާގެ ވެރި رَبُّ ގެ ޙަޟްރަތުގައި އޭނާ ލަދުވެތިވި. މަރު ހަނދުމަކުރި، އެހެންވެ އޭނާ އޭނާގެ ޙިއްސުތަކާއި ބަނޑު ރައްކާތެރި ކުރި. އެނާ އެދުނީ އާޚިރަތުގެ ދަރުމައާއި ޘަވާބު، އެހެންވެ އޭނާ ދުނިޔޭގެ ޒީނަތްތެރިކަން ދޫކޮށްލި. ފިލާދަނިވި ތަކެތީގެ މައްޗަށް އޭނާ އިޚްތިޔާރުކުރީ އަބަދުގެ އަބަދަށް ދެމިހުންނަ ތަކެތި. ބުއްދިވެރިއަކީ މިއީ ކަން ޔަޤީން.

ވީއިރު ﷲ އަށް ތަޤްވާވެރިވޭ! އަދި ތިބާގެ ނިކަމެތި ނަފްސަށް ރަޙުމްކުރޭ! ﷲ އަށް ބިރުވެތިވޭ! ތިބާއާއި ﷲ ޙަވާލު ކުރެއްވި އަމާނަތްތަކަށް ބެލުންތެރިއަކު ކަމުގައިވޭ! ދިގުވެގެންވާ ދުވަހެއްގައި ތިބާގެ ވެރި رَبُّ ގެ ޙަޟްރަތުގައި ތިބާ ކޮޅަށް ހުންނަން ޖެހޭ ކަން ހަނދުމަކުރޭ! ތިބާގެ ޢަމަލުތަކުގެ ޙިސާބު ބެއްލެވޭނެ! ތިބާ ފަރުވާކުޑަކުރި ކަންތައްތަކާއި މެދު ތިބާ ހިތާމަކުރަންޖެހޭނެ! ﷲ ވަޙީކުރައްވާފައިވޭ.

(ކޮންމެ ނަފްސަކީ ވެސް މަރުގެ ރަހަ ދެކޭނޭ އެއްޗެކެވެ. ތިޔަބައިމީހުންގެ އުޖޫރަތައް ފުރިހަމައަށް ފުއްދަވައި ދެއްވާހުށީ، ޤިޔާމަތް ދުވަހުންނެވެ. ފަހެ އެދުވަހުން ނަރަކައިން އެއްކިބާ ކުރެއްވި ސުވަރުގެ ވައްދަވައިފި މީހަކު ނަސީބު ލިބިގެންފިކަން ކަށަވަރެވެ. ހެއްލުންތެރިކަމުގެ އުފަލެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.) ((3:185))


بنو أمية - އުމަވީ ދައުލަތް


ލިޔުނީ : އަހްމަދު ބިން ޢަބްދުއްލަތީފް


އުމަވީ ދައުލަތް ފެށިގެން އައި ގޮތް

ޤުރައިޝުންގެ މަޝްހޫރު ދަރިކޮޅުތަކުގެ ތެރެއިން "އުމައްޔާ" ދަރިކޮޅު ހިމެނިވަޑައިގަންނަވައެވެ. އުމައްޔާ ދަރިކޮޅު ނިސްބަތްވެވަޑައިގަންނަވަނީ އުމައްޔާ ބިން ޢަބުދު ޝަމުސު ބިން ޢަބުދު މަނާފްއެވެ. މި ދަރިކޮޅުގެ މީހުން އިސްލާމްދީން ޤަބޫލުކޮށްފައިވަނީ އަބޫ ސުފިޔާން އިސްލާމްދީން ޤަބޫލުކުރާމާ ގުޅިގެންނެވެ. އެއީ މުސްލިމުން މައްކާ ފަޠަޙަކުރެއްވި ދުވަހުއެވެ. އެހެންކަމުން އެންމެފަހުން އިސްލާމްދީން އިޚްތިޔާރުކުރީ އުމަވީ ދަރިކޮޅުގެ މީހުންނެވެ. އެމީހުން އިސްލާމްވުމަށްފަހު އިސްލާމްދީނަށް ވަރަށް ގިނަ ގުނަ ޚިދުމަތްތަކެއްކޮށްދިނެވެ.

މުސްލިމުންގެ ތިންވަނަ ޚަލީފާ ޢުޘްމާން ބިން އައްފާން ހިމެނިވަޑައިގަންނަވަނީ އުމަވީންގެ ތެރޭގައެވެ. އެހެންކަމުން ޢުޘްމާނުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރު އެކަލޭގެފާނުގެ ޢާއިލީ ބޭފުޅުންނަށް އެކި މަޤާމްތައް ޙަވާލުކުރެއްވިއެވެ. އެގޮތުން މުޢާވިޔާ ބިން ސުފްޔާނަށް ސީރިޔާގެ ގަވަރނަރުކަންދެއްވިއެވެ.

ޢުޘްމާނުގެފާނު ޝަހީދުވުމާ ގުޅިގެން މުސްލިމުންގެ ތެރޭގައި ފިތުނަވެރިކަން އިތުރުވެގެންދިޔައެވެ. އެއީ މީލާދީން 656ގައެވެ. އެހެންކަމުން މަދީނާގެ އަހްލުވެރިންނާއި އަދި އެހެނިހެން މުސްލިމުން އެދިވަޑައިގަތީ އެމީހުންގެ ހަތަރުވަނަ ޚަލީފާއަކަށް ޢަލީގެފާނު ޢައްޔަންކުރެއްވުމަށެވެ. މިކަމުގެ ސަބަބުން މުޢާވިޔާ ބިން ސުފިޔާން އާއި އަލީގެފާނުއާ ދެމެދު ވަރުގަދަ ފިތުނައިގެ އަލިފާންގަނޑެއް ރޯވެގެންދިޔައެވެ. މުޢާވިޔަތުގެފާނު އަލީގެފާނު ވެރިކަމަށް އިސްކުރެވުނު އިރު އެކަމާ ތަޢާރުޟުކޮށް ދެކޮޅުހެއްދެވިއެވެ. މިފިތުނަވެރިކަމުގެ ސަބަބުން ޢަލީގެފާނު މައްކާ ދޫކުރައްވާ ކޫފާއަށް ވެރިކަން ބަދަލުކުރެއްވިއެވެ. އެތަނުގާ އެކަލޭގެފާނަށް ތަބަޢަވީ ވަކި ޖަމާޢަތެއް އުފެދިގެން ދިޔައެވެ. އެއީ ޝިޔަޢީންނެވެ. މިފިތުނައިގެ ސަބަބުން މުޢާވިޔަތުގެފާނުގެ ލަޝްކަރާއި ޢަލީގެފާނުގެ ލަޝްކަރާއި ދެމެދު ސިއްފީނު ނަންދެވިގެންވާ ހަނގުރާމައެއްކުރެއްވިއެވެ. މި ހަނގުރާމަ ނިމގެންދިޔައީ އެއްވެސް ބަޔަކު ކާމިޔާބީއެއްލިބިގެނެއްނޫނެވެ. ދެބައިމީހުންވެސް އެއްބަސްވީ ޞުލްޙައިގެ ވާހަކަދައްކައިގެން ހަނގުރާމަ ހުއްޓާލުމަށެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޢަލީގެފާނުގެ ތެރެއިންވާ މަދުމީސްކޮޅު އެކަލޭގެފާނާ ދެކޮޅަށް މަސައްކަތްކުރަންފެށުމެވެ. އެއީ ޚަވާރިޖުންނެވެ. އެމީހުންގެ ތެރެއިން މުލްޖަމް އޭ ކިޔުނު މީހަކު ޢަލީގެފާނު ފަތިސްނަމާދަށް ނުކުމެވަޑައިގަތްވަގުތު ވިހަލާފައިވާ ހަންޖަރަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލެއްވިއެވެ. އަދި އެ ޒަޚަމްތަކަގެ ސަބަބުން އެކަލޭގެފާނު ރަމަޟާންމަހު 17ވީ ދުވަހު ޝަހީދުވިއެވެ.

ހިޖްރައިން 40ވަނަ އަހަރު ޢަލީގެފާނު ޝަހީދުވުމުން މުޢާވިޔަތުގެފާނު ޢިރާޤްކަރައިގެ ކޫފާވަޑައިގެން އެކަލޭގެފާނަކީ މުސްލިމުންގެ ޚަލީފާކަމަށް ޢިއުލާންކުރެއްވިއެވެ. އަދި ޢަލީގެފާނުގެ 2 ދަރިކަލުންކަމަށްވާ ޙުސައިނުގެފާނާއި ޙަސަނުގެފާނު މުޢާވިޔަތު ބިން އަބީ ސުފިޔާނަށް ބައިޢަތު ހިއްޕެވިއެވެ. އެއީ ހިޖުރައިން 41ވަނަ އަހަރުގައެވެ. މިއަހަރަށް "ޢާއްމުލް ޖަމާޢާ"އޭ ކިޔުނެވެ. މިއީ އުމަވީ ދައުލަތް ފުރިހަމަ ސިފައިގައި އުފެދިގެންއައި ދުވަސްވަރެވެ.

މުޢާވިޔަތު ބިން އަބީ ސުފިޔާނަށް ވެރިކަން ލިބުމުން އިސްލާމުންގެ ވެރިރަށެއްގެ ގޮތުގައި އިޚްތިޔާރު ކުރެއްވީ ދިމްޝްޤެވެ. އުމަވީ ދައުލަތުގައި ޚަލީފާކަންކުރެއްވީ 14 ބޭކަލުންނެވެ. އެބޭކަލުންގެ ތެރޭގައި މުޢާވިޔަތުގެފާނުގެ ދަރިކޮޅުން އުމަވީ ދައުލަތުގައި ވެރިކަން ކުރެއްވީ 24 އަހަރުވަންދެން 3 ބޭކަލުންނެއެވެ. އެއީ ހިޖްރައިން 41 އަހަރުން ފެށިގެން ހިޖުރައިން 64 ވަަނަ އަހަރުގެ ނިޔަލަށެވެ. އެބޭކަލުންނަކީ މުޢާވިޔަތު ބިން އަބީ ސުފިޔާން ، ޔަޒީދު ބިން މުޢާވިޔަތު، މުޢާވިޔަތު ބިން ޔަޒީދެއެވެ.

ދެންވެރިކަމަށް އައި މަރުވާނުގެ ދަރިކޮޅުގެ މީހުންނެވެ. މަރުވާން ދަރިކޮޅުން އުމަވީ ދައުލަތުގައި ވެރިކަން ކުރެއްވީ 64 އަހަރުވަންދެން 11 ބޭކަލުންނެވެ.އެއީ ހިޖުރައިން 64ވަނަ އަހަރުންފެށިގެން 132 އަހަރުވީ އުމަވީ ދައުލަތުގެ ނިމުމާ ހަމައަށެވެ. މަރުވާން ދަރިކޮޅުގައި ވެރިކަންކުރެއްވި ބޭފުޅުންނަކީ 1. މަރުވާން ބިން ޙަކަމް، 2. ޢަބްދުލް މަލިކް ބިން މަރުވާން، 3. އަލްވަލީދު ބިން ޢަބްދުލް މަލިކް، 4. ސުލައިމާން ބިން ޢަބްދުލްމަލިކް، 5. ޢުމަރު ބިން ޢަބްދުލް ޢަޒީޒް، 6. ޔަޒީދު ބިން ޢަބްދުލް މަލިކް، 7. ހިޝާމް ބިން ޢަބްދުލް މަލިކް، 8. ވަލީދު ބިން ޔަޒީދު ބިން ޢަބްދުލް މަލިކް، 9. ޔަޒީދު ބިން ވަލީދު ބިން ޢަބްދުލް މަލިކް، 10. އިބްރާހިމް ބިން ވަލީދު ބިން ޢަބްދުލް މަލިކް، 11. މަރުވާން ބިން މުޙައްމަދު ބިން މަރުވާން ބިން ޙަކަމް އެވެ. އުމަވީން ގާތްގަޑަކަށް 91 އަހަރުވަންދެން ވެރިކަންކުރެއްވިއެވެ.


އުމަވީ ދައުލަތުން އިސްލާމްދީން ފެތުރުއްވުމަށް ކުރެއްވި މަސައްކަތް

އުމަވީ ދައުލަތުން އިސްލާމީދީން ފެތުރުމަށް ވަރަށް މަސައްކަތްކުރެއްވިއެވެ. އެމީހުން ކޮށްފައިވާ ގިނަ ހަނގުރާމަތަކަކީ އިސްލާމްދީނަށްޓަކައި އެދީން މަތިވެރިކޮށް ފެތުރުމުގެ ގޮތުން ކުރެއްވި ހަނގުރާމަތަކެވެ. އެއްވެސް ޙާލަތެއްގައި ބިންތައް ހޯދުމަށާއި މުދާތަކެއް ހޯދުމުގެ ބޭނުމުގައި ކުރެވިފައިވާ ހަނގުރާމަތަކެއް ނޫނެވެ. އެގޮތުން އިސްލާމްދީން ޔޫރަޕާއި އެފްރިކާއި އޭޝިޔާއަށް ފެތުރިގެން ދިޔައެވެ.

ޔޫރަޕަށް ބަލާއިރު ޠާރިޤް ބިން ޒިޔާދުގެ ވެރިކަމުގެ ދަށުން ސްޕެއިން ވާޞިލްވެ ޤުރުޠުބާއި އަންދުލަސް ފަތަޙަ ކުރެއްވިއެވެ. އަދި ފުރާންސާއި ސްވިޒަލޭންޑްގެ ބައެއް ބިންތައްވެސް މުސްލިމުން ބާރުގެ ދަށަށްގެންނެވިއެވެ.

އެފްރިކާއަށް ނިސްބަތްކުރާއިރު ޢަޤަބާ ބިން ނާފިޢުގެ ވެރިކަމުގެ ދަށުން އުތުރު އެފްރިކާގެ ހުރިހާ ރަށެއް ފަތަޙަކުރައްވައި ، އެފްރިކާގެ ހުޅަނގު ބިތުގައިވާ އެޓްލާންޓިކް ކަނޑުގެ އައްސޭރިފަށުގައިވާ ބިންތައްވެސް ފަޠަޙަކުރެއްވިއެވެ.

އޭޝިޔާއަށް ބަލާއިރު މުހައްމަދު ބިން ޤާސިމް އައްޘަޤަފީގެ ވެރިކަމުގެ ދަށުން ކާބުލް އާއި ސިންދުގެ ރަށްތައްފަޠަޙަކުރެއްވިއެވެ.


އުމަވީ ދައުލަތުން ޢިލްމު ފެތުރުމަށްޓަކައި ކުރެއްވި މަސައްކަތް

ތަފާތު ވައްތަރުގެ ޢިލްމުތައް ކުރިއަރުވައި އެޢިލްމު ފެތުރުމަށްޓަކައި އުމަވީން ވަރަށްބޮޑެތި މަސައްކަތްތަކެއްކުރެއްވިއެވެ. މިގޮތުން އެދުވަސްވަރުގެ މަޝްހޫރު ޢިލްމީ މަރުކަޒުތަކަކީ މައްކާ، މަދީނާ، ދިމްޝްޤު، ބަޞަރާ، ކޫފާ، އަދި އިސްކަންދަރިއްޔާފަދަ ތަންތަނެވެ. މައްކާއި މަދީނާއިން ޤުރުއާނުގެ ޢިލްމު ފާޅުވެގެންދިޔައެވެ. އަދި ޢަރަބިބަހުގެ ޤަވާޢިދެއް އެކުލާވާލެވި، ޤުރުއާނުގައި ފުރަތަމަ ފަހަރަ މިހާރު ފިލިޖެހިފައިމިވާ ގޮތަށް ފިލިޖެއްސެވީ އުމަވީދައުލަތުގައެވެ. ކީރިތި ރަސޫލާގެ ޙަދީޘް ޢިލްމުވެސް ރަސްމީކޮށް ބެލެހެއްޓެން ފެށުނެވެ. ތަފްސީރު ޢިލްމުވެސް ވަކި ޢިލްމެއްގެ ގޮތުގައި ފާހަނގަވެ އެރޮގުން ކުރިއަރާފައިވަނީ ޢަބްދުﷲ ބިން ޢައްބާސް އާއި މުޖާހިދު ބިން ޖާބިރު އާއި އިކްރިމާ ބިން ޢަބްދުﷲ ފަދަ ބޭކަލުންނެވެ.

ދީނީ ޢިލްމުގެ އިތުރުން އެހެނިހެން ޢިލްމުތައްވެސް ކުރިއެރުވުމަށް އުމަވީންދިޔައީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކެމިސްޓްރީ އާއި ތާރީޚީ ސިނާޢީ ޢިލްމުތައް ފުޅާކުރުމަށް މަސައްކަތްކުރެއްވިއެވެ. އަދި ގުރީކް ފަލްސާފާވެރިންނާއި އެހެނިހެން ފަލްސާފާވެރިންގެ ފޮތްތައް ތަރުޖަމާ ކުރެވުމުގެ މަސައްކަތް އުމަވީދައުލަތުގާ ފެށިގެންދިޔައެވެ.


އުމަވީ ދައުލަތުގައި ފާހަނގަވާ ޙަރަކާތްތައް

އުމަވީ ދައުލަތުގާ އެންމެ ފުރަތަމަ ކަނޑުގެ ލަޝްކަރެއް ޤާއިމްކުރެވުނެވެ. އަދި ސިފައިންގެ ބައިތައް އުފެއްދެވިއެވެ. އާގުބޯޓު އުފެއްދުމާއި ކަރުދާސް އުފެއްދުމާއި ޕޯސްޓްގެ ޚިދުމަތް ދޭންފެށުނެވެ. އަދި މިސްކިތްތަކުގެ މިޙްރާބް ބެހެއްޓުމާއި، މުންނާރުތައް ބެހެއްޓުމާއި، ބަގީޗާއި ގޭޓް ފަދަތަކެތި އުފެއްދެވިއެވެ. މިހާރު އުމަވީ ދައުލަތުން ކޮށްފައިވާ މަސައްކަތް އެންމެ ރަނގަޅަށް ފެންނަން ހުރި ތަންތަނަކީ ތޫނިސްގައި ހުރި ޒައިތޫނި މިސްކިތާއި ޤައިރުވާނުގައި ހުރި ބޮޑު މިސްކިތުގެ މުންނާރާއި ، އަންދުލަސްގައި އެވާ ބަގީޗާތަކާއި މިސްކިތްތަކެވެ.

އުމަވީދައުލަތުގައި ވެރިކަން ކުރެއްވި ޚާއްސަ ޚަލީފާއިން


މުޢާވިޔަތު ބިން އަބީ ސުފިޔާން ރަޟިޔަﷲ ޢަންހު

މުޢާވިޔަތު ބިން އަބީ ސުފިޔާން ރަޟިޔަﷲ ޢަންހުއަކީ އުމަވީ ދައުލަތުގެ ބާނީއެވެ. އިސްލާމްވެ ވަޑައިގެންނެވީ ހިޖްރައިން 8ވަނަ އަހަރު މައްކާ ފަތަޙަ ކުރެއްވިދުވަހުގައެވެ. ކީރިތި ރަސޫލާ އަރިހުން 130 ޙަދީޘް ރިވާކުރައްވާފައިވެއެވެ. ޚަލީފާކަމުގައި މުސްކުޅިވަންދެން ދެމިހުންނެވިއެވެ. އެންމެ ފުރަތަމައަށް މެދުތެރޭ ކަނޑު ހުރަސްކުރެއްވީ ވެސް މުޢާވިޔަތުގެފާނެވެ. ކަނޑުގެ ލަޝްކަރެއް ތައްޔާރުކުރައްވާ ޕޯސްޓުގެ ޚިދުމަތް ދޭންފެށީ މުޢާވިތުގެފާނެވެ. އެކަލޭގެފާނު ވެރިކަން ކުރައްވާނެ ރަށެއްގެ ގޮތުގައި ހަމަޖެއްސެވީ ދިމިޝްޤުއެވެ. އަވަހާރަވެވަޑައިގެންނެވީ ހިޖްރައިން 60ވަނަ އަހަރު ދިމިޝްޤުގައެވެ.


ޢަބްދުލް މަލިކް ބިން މަރުވާން ބިން ހަކަމް

އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖްރައިން 26 ވަނަ އަހަރުގައެވެ. އެކަލޭގެފާނަަކީ ދީންވެރި އަޅުވެރިބޭކަލެކެވެ. މަރުވާން ބިން ހަކަމް، އެކަލޭގެފާނުގެ ބައްޕާފުޅު އަވަހާރަވުމުން ހިޖްރައިން 65 ވަނައަހަރު ޚަލީފާކަމަށް އިސްވެވަޑައިގަތެވެ. އެކަލޭގެފާނުގެ ވެރިކަމުގާ ރޫމީ، ފާރިސީ އަދި ޢަރަބި ރަށްތަކުގައި ވެރިކަން ހިންގާފައިވެއެވެ. އެކަލޭގެފާނު ކުރެއްވި މުހިއްމު މަސައްކަތްތަކުގެ ތެރޭގައި މައްކާގައިވާ ގެފުޅު ތަޅާލެއްވުމަށްފަހު މިހާރު އެފެންނަށް ގޮތަށް ބިނާކުރެއްވިއެވެ. އަވަހާރަވީ ހިޖްރައިން 86ވަނަ އަހަރު ދިމިޝްޤުގައެވެ.


ޢުމަރު ބިން ޢަބްދުލް ޢަޒީޒު ރަޟިޔަﷲ ޢަންހު

މިއީ މުސްލިމުންގެ 5ވަނަ ޚަލީފާކަމުގައި ބުނެވެއެވެ. އެކަލޭގެފާނު ވެރިކަމާ ޙަވާލުވެވަޑައިތީ ހިޖުރައިން 99 ވަނަ އަހަރުގައެވެ. މީސްތަކުންގެ މެދުގައި ޢަދުލުވެރިކަމާއި އިންސާފުގާއިމްކުރެއްވިއެވެ. ރައްޔިތުންގެ ޙައްޤުތައް އަދާކުރެއްވުމުގެ މަސައްކަތް ފެއްޓެވިއިރު އެކަލޭގެފާނު އެންމެ ފުރަތަމަ ފެއްޓެވީ އެކަލޭގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ގޭތެރެއިންނެވެ. އެކަލޭގެފާނު އެންމެ ބޮޑަށް ފާހަނގަކޮށްލެވިފައިވަނީ ރައްޔިތުންގެ ޙައްޤުތައް ރައްކައުތެރިކުރެއްވުމަށާއި ، މިޙައްޤުތައް ހިމާޔަތްކުރެއްވާ ބޭކަލެއްގެ ގޮތުގައެވެ. ކީރިތި ރަސޫލާގެ ޙަދީޘްފުޅުތައް ފޮތްފޮތުގައި ލިޔެ ރައްކައުތެރކުރުމަށް އެންމެ ފުރަތަމަ އަމުރުކުރެއްވި ބޭކަލަކީ ޢުމަރު ބުން ޢަބްދުލް ޢަޒީޒެވެ. އެކަލޭގަފާނު އަވަހާރަވީ ހިޖްރައިން 101 ވަނަ އަހަރުގައެވެ.


މަރުވާން ބިން މުޙައްމަދު ބިން މަރުވާން ބިން ހަކަމް

ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 127 ވަނަ އަަހަރުގައެވެ. މިއީ އުމަވީންގެ އެންމެފަހު ޚަލީފާއެވެ. އެކަލޭގެފާނު ފާހަނގަ ކުރެވިފައިވަނީ ވަރަށް ގިނަ ހަނގުރާމަތަކެއް ކުރެއްވ ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައެވެ. އުމަވީންގެ ވެރިކަން ނިމުމަކަށް އައީ ހިޖުރައިން 132ވަނަ އަހަރު ޚަލީފާ މަރުވާން ބިން މުހައްމަދު ބިން މަރުވާން ގަތުލުުކުރެއްވުމުންނެވެ.


އުމަވީ ދައުލަތުގެ ދުވަސްވަރު ހިނގާދިޔަ ހަނގުރާމަތައް


ސްޕެއިން ފަޠަޙަ ކުރެއްވުން

ސްޕެއިންއާއި ހަނގުރާމަކުރަން ޖެހުނީ އެތަނުގައި އޮތް ޤޫޠުންގެ އަނިޔާވެރިކަން ނިމުމަކަށް ގެންނެވުމަށްޓަކައެވެ. މިހަނގުރާމަ ހިނގީ ޚަލީފާ ވަލީދު ބިން ޢަބްދުލް މަލިކްގެ ވެރިކަމުގައި ހިޖްރައިން 92 ވަނަ އަހަރުގައެވެ. މިހަނގުރާމަ ކުރުމަށްޓަކާ މުސްލިމުންގެ ލަޝްކަރުގެ ވެރިޔަކަށް ހުންނެވީ ޠާރިޤް ބިން ޒިޔާދުއެވެ. ހަނގުރާމަ ހިނގީ ސްޕޭނުގެ "ވާދީ ލަކްތު" ކިޔާ ހިސާބެއްގައެވެ. މިހަނގުރާމައި ގުޅިގެން މުސްލިމުން "ޤުރުޠުބާ" "ޣަރުނާތާ" ފަދަ ތަންތަން ފަތަޙަކުރެއްވިއެވެ.


އުތުރު އެފްރިކާގެ ރަށްތައް ފަޠަޙަ ކުރެއްވުން

މިހަނގުރާމައިގައި ފަޠަޙަ ކުރެވުނު ރށްތަކަކީ ޠަރާބުލުސް އާއި ފަޒާން އާއި މޮރޮކޯގެ ބައެއް ރަށްތަކެވެ. މިހަނގުރާމަ ކުރެވުނީ ހިޖްރައިން 50ވަނައަހާރާއި 69 އަހަރާ ދެމެދުގައެވެ. މިހަނގުރާމަ ކުރެވުނީ ބަރުބަރީންނޭ ކިޔުނުބަޔަކާއެކުގައެވެ. މުސްލިމުންގެ ލަޝްކަރުގެ ކޮމާންޑަރަކަށް ހުންނެވީ ޢަޤަބާ ބިން ނާފިޢުއެވެ.


މަމްސް ހަނގުރާމަ

މިއީ ރޫމީންނާއި ބަރުބަރީންނާއި ދެކޮޅަށް މުސްލިމުން ކުރި ހަނގުރާމައެކެވެ. މިހަނގުރާމަ ހިނގީ ޚަލީފާ ޢަބްދުލް މަލިކް ބިން މަރުވާންގެ ދުވަސްވަރު ޤައިރުވާން އޭ ކިޔުނު ރަށުގައެވެ. މުސްލިމުންގެ ލަޝްކަރުގެ ވެރިޔަކަށް ހުންނެވީ ޢަޤަބާ ބިން ނާފިޢުއެވެ. މިހަނގުރާމައިގައި އެކަލޭގެފާނު ޝަހީދުވިއެވެ. ދެން އެމީހުންނާ މުސްލިމުންގެ ވެރިޔަކަށް ހުންނަވައިގެން ޒުހައިރު ބިން ޤައިސް ހަނގުރާމަކުރެއްވިއެވެ.



މަރުޖިޢުތައް

1. ދަ ހިސްޓުރީ އޮފް އިސްލާމް

2. އިސްލާމީ ތަރުބިއްޔަތު ގުރޭޑް 10

3. ކުލާސް ހޭންޑްއައުޓު

http://www.kavaasaa.com/dheen/tharik/umavee_dhaulai.htm


މައިކަލް ޖެކްޝަނާއި ބެހޭގޮތުން

ޝައިޚް ޞާލިޙް އަލް-މުނައްޖިދު

ޝައިޚް ޞާލިޙް އަލް-މުނައްޖިދުއަށް ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން, މައިކަލް ޖެކްޝަން މަރުވުމާއި އެކަމުން މުސްލިމުން ލިބިގަންނަންވީ ފިލާވަޅުތަކުގެ ވާހަކަ ބަޔާންކޮށްދިނެވެ. ޝައިޚް ވިދާޅުވަނީ ޙަޤީޤަތުގައި ކަންއޮތްގޮތުގެ ވާހަކައެވެ. އަދި ގިނަ މުސްލިމުންނެއް ޖެކްޝަން މަރުވުމުން އެކަމާއި ހިތާމަފާޅުކޮށް އޭނައަށް އިޙްތިރާމު އަދާކުރާކަންވަނީ ދައްކާފައެވެ. އެއީ, އޭނަ އިސްލާމްވީ ކަމުގެ އެއްވެސް ސާފު ޘާބިތު ދަލީލެއް ނެތް އިރުވެސް, އަދި އޭނަ ފާފަވެރިއެއްގޮތުގަ މަރުވިކަން އެނގޭއިރުވެސް މެއެވެ. މިފަތުވާއަކީ ޝައިޚް ފަތިސް ނަމާދުކޮށް ނިމުނު ވަގުތު އެހި ސުވާލަކަށް, ކުރުގޮތަކަށް ދީފައިވާ ފަތުވާއެކެވެ.

ސުވާލު:

السلام عليكم , ލަވަކިޔުން ތެރިޔާ މައިކަލް ޖެކްޝަން މަރުވުމަށް ފަހު, ބައެއް މުސްލިމުން ބުނަމުންދާ ބުނަމާއިމެދު އަހަރެން ވަރަށް ހިތާމަކުރަމެވެ. ﷲގެ ރަޙްމަތް އޭނަގެ މައްޗަށް ލެއްވުމަށްއެދި ބައެއް މީހުން ދުޢާކުރެއެވެ.

ޖަވާބު:

وعليكم السلام ورحمة الله وبركاته. އާނ! ބައްލަވާ! މިއީ ﷲ އެއިލާހުގެ އަޅުތަކުން އިމްތިޙާނު ކުރައްވަވާ ގޮތްތަކުގެ ތެރެއިން ގޮތެއް. މައިކަލް ޖެކްޝަންގެ މަރަކީ މީސްތަކުންނަށްވާ އިމްތިޙާނެއް. އިމްތިޙާނެއް. “ހަމަކަށަވަރުން ތިމަންރަސްކަލާނގެ ސުލައިމާނުވެސް އިމްތިޙާނު ކުރެއްވީމުއެވެ”

އަހަރެމެން އިމްތިޙާނު ނުކުރެވެން, އެކަލޭގެފާނަށް ވުރެ އަހަރެމެން މަތިވެރިވަނީ ހެއްޔެވެ؟ ﷲ, ނަބިއްޔުން އިމްތިޙާނު ކުރެއްވިއިރު, ޢާއްމު މީހުން އިމްތިޙާނު ނުކުރައްވާނެ ހެއްޔެވެ؟ އެހެންކަމުން... އިމްތިޙާނަކީ ކޮބައިތޯ؟ މިއީ އިމްތިޙާނަކީ... “އެއިލާހު ބައްލަވާވޮޑިގެންވާނެ އެމީހުން ކުރާނެ ކަންތައްތައް” އެމީހުން ބުނާނެ އެއްޗެހި.

މި މީހާ... އިސްލާމްދީން ޤަބޫލުކުރިކަމަށް ބުނެވޭ... އަދި އޭނާގެ ބޭބެވެސް އިސްލާމްދީން ޤަބޫލުކުރިކަމަށް ބުނެވޭ... އަދި އޭނަ އަނެކާއަށް އިސްލާމްދީނަށް ދަޢުވަތު ދިންކަމަށް ބުނެވޭ... އެގޮތުން އޭނަ ޤަބޫލުކުރީކަމަށް... އަދި އޭނަ ބަޙްރައިނަށް ދިރިއުޅެން ދާން އުޅުނުކަމަށް.. އަދި އެތަނަށް ދިޔަކަމަށްވެސް ބުނެވޭ...

އެކަމަކު, މިއިން އެއްވެސް ކަމެއް ޔަޤީންވިތަ؟ އާނ! ތެދެއް މިކަހަލަ ވާހަކަތަކެއް ފެތުރުނު.. ވަރަށް ވަރުގަދަ ވާހަކަތަކެއްތަ؟ އާނ! މިވާހަކަތަކުގެ ރިވާޔަތްތައް އެބަހުރިތަ؟ އާނ! މިގޮތުގައި މިކަން މިހަންވި. އެކަމަކު, މިކަން ޔަޤީންކުރެވުނުތަ؟ ﷲ މޮޅަށް ދެނެވޮޑިގެންވަނީ. ޙަޤީޤަތުގައިވެސް މިމީހާ އިސްލާމްދީން ޤަބޫލުކުރިތަ؟ ﷲ މޮޅަށް ދެނެވޮޑިގެންވަނީ. އޭނަ އިސްލާމްދީން ޤަބޫލުކުރިފަހުން މުސްލިމެއްގެ ގޮތުގައި ހުރިތަ؟ ﷲ މޮޅަށް ދެނެވޮޑިގެންވަނީ. އޭނާގެ އިސްލާމްދީން ޤަބޫލުކުރި ބޭބެ, އޭނާއަކީ ސުންނީ މުސްލިމެއްތަ؟ ނޫނީ އޭނަ ޤަބޫލުކުރީ އަހްބާޝް, ގާދިއާނީ ނޫނީ...؟ ﷲ މޮޅަށް ދެނެވޮޑިގެންވަނީ.

މިކަމަކީ މިކަންހުރި ބައެއްމީހުން... އަހަރެން މާނަމިކުރާ ބައެއްމީހުން, މީހަކު އައިސް އޭނާ ގާތުގައި ބުނަނީ “ﷲ ގަންދީބުނަމޭ އޭނަ އިސްލާމް ވެއްޖެޔޭ!”... ކަލޭ އޭނަ ޝަހާދަތް ކީއަޑު އެހިންތަ؟ ކަލޭ އަމިއްލައަށް އޭނަ ޝަހާދަތް ކީއަޑު އެހިންތަަ؟ އޭނަ (ޝަހާދަތް ކީއަޑު އެހި) އެހެން މީހެއްގެ ގާތުންތަ ކަލެއަށް އިވުނީ؟ އޭނަ ޝަހާދަތް ކިޔަނިކޮށް އަޑުއެހި ކަލޭ އިތުބާރުކުރާ މީހެއް އެބަހުރިތަ؟ “ނޫން”... ﷲ މޮޅަށް ދެނެވޮޑިގެންވަނީ.

އަހަރެމެންނަށް މި މައުޟޫޢުގެ ތެރެއަށް ވަދެއެއް ނުގަނެވޭނެ. އެކަމަކު... ފާޅުކޮށް އެނގެނީ ކޮންކަމެއް؟ ކޮންކަމެއް ފާޅުކޮށް އެނގެންއޮތީ؟ އެމީހާ މަރުވެގެން ދިޔައީ ޞަރީޚަ ފާފައެއްގެ ތެރޭގައިކަން. އެންމެ ކުޑަމިނުން, އޭނަ މަރުވީ ފާފަވެރިއެއްގެ ގޮތުގައިކަން. އެއީ އިޖުމާޢުއިން ނުނީ އެތައް އެތައް ޚަބަރުތަކެއް ބުނާގޮތުން, އޭނާވަނީ އޭގެ އަގު ގާތްގަނޑަކަށް 80 މިލިއަން ޑަލަރަށް އަރާ 100,000 އެއްހާ ޓިކެޓު, ލަންޑަނުގައި އޮތް އޭނާގެ ކޮންސެޓަށްޓަކައި ވިއްކާފަ... އެހެންކަމުން, އޭނާ ހުރީ ހަމަ ފާފަކުރާ ޙާލު. އެމީހުންބުނާގޮތުގައި ލަވަކިޔުމާއި ދުރުގައި އެތައް ދުވަހަކު އުޅެފައި އޭނާ ބޭނުންވީ އަލުން އެނބުރި އަންނަން. އަދި މިހާރު.. ﷲ މޮޅަށް ދެނެވޮޑިގެންވަނީ.

ޢާއްމުކޮށް އެނގޭ އެއްޗަކީ އޭނައަކީ ފާޅުގައި ފާފަކުރާމީހެއްކަން. އަދި އޭނާ މިފާފަ ކުރަމުންކަން ދިޔައީ. އޭނަ މިއުޒިކުން ތައުބާވިކަމެއް އަހަރެންނަކަށް ޔަޤީންވެފައެއް ނެތް. ނުވަތަ އޭނަ ހުއްޓާލިކަމެއް. ނުވަތަ އޭނަގެ ޢަމަލުތައް ރަނގަޅުކުރިކަމެއް. ﷲ ވަޙީކުރައްވަނީ... “ތައުބާވެ, ޢަމަލުތައް އިޞްލާޙުކޮށް, އަދި ބަޔާންކޮށްދޭ މީހުން...”

އޭނާ ތައުބާވިކަން ޔަޤީންކުރެވިފައިވޭތަ؟ ނޫން! މިކަން އަހަރެންނަކަށް ޔަޤީން ވެފައެއްނެތް. އޭގެ ބަދަލުގައި, ފާޅުވެ އެނގެން އޮތްކަމަކީ, އޭނާވަނީ އޭނާގެ ފާޅުކަންބޮޑު ފާފަކުރުމައިގެން ކުރިއަށް ގޮސްފައި.

އާނ! އެހެންވީމަ އޭނައަކީ ފާފަކުރާ މުސްލިމެއްތަ؟ މާނައަކީ އޭނަ އިސްލާމްދީން ޤަބޫލުކުރުމަށްފަހުވެސް ލަވަކިޔުމައިގެން ކުރިއަށް ދިޔައިއްޔޭ... އެހެނީ ލާރި, ލާރި, ލާރި... ފަހެ, ﷲ މޮޅަށް ދެނެވޮޑިގެންވަނީ.

އެހެންކަމުން, އެންމެ ކުޑަމިނުންވެސް ބުނެވޭނީ ފާޅުވެގެންވަނީ އޭނައަކީ ފާފަވެރިއެއްކަމޭ. ފާޅުވެ ސާފުކޮށް އެނގޭ ކަމަކީ އޭނާވަނީ އޭނާގެ މިއުޒިކުގެ ފާފައަށްޓަކައި ޓިކެޓުވިއްކުން ކުރިއަށް ގެންގޮސްފައޭ.

އެކަމަކު, ޢާއްމު އަޞްލަކީ ކޮބައިތޯ؟ ޢާއްމު އަޞްލަކީ އޭނާއަކީ ކާފަރެއްކަން. އޭނާގެ ކުފުރު ފާޅުވެގެންވަނީ. އިސްލާމްދީން ޤަބޫލުކުރިކަމަށް ޔަޤީންކުރެވިފައިވާ މީހެއްނަމަ, އެމީހެއްގެ މައްޗަށް ފާފަފުއްސަވާދެއްވުން އެދި އަދި ރަޙްމަތް ލެއްވެވުންއެދި އަހަރެމެންނަށް ދުޢާކުރެވިދާނެ. އެކަމަކު, ޔަޤީންކުރެވިފައި ނުވާ މީހުންނެއް އަހަރެމެން ނުވެސް ހިނަވާނަން, އަދި ކަފުނެއްވެސް ނުކުރާނަން, އަދި އޭނާއަށްޓަކައި ކަށުނަމާދެއްވެސް ނުކުރާނަން. އަދި އޭނާއަށް ފާފަފުއްސެވުން އެދި އަދި ރަޙްމަތް ލެއްވެވުން އެދި ދުޢާއެއްވެސް ނުކުރާނަން!

ބައެއް މީހުން ބުނެއުޅޭ އޭނާވަނީ, ﷲ އޭނާ ޚަލްޤުކުރެއްވެވިގޮތް ބަދަލުކޮށްފައޭ. އާނ! ވެދާނެ... ކުރިން ހިނގި ކަމެއް... މިސާލަކަށް, މީހަކު އެމީހެއްގެ ކުލަ ހުދު ކުލައަށް ބަދަލުކޮށްލަނީ, އޭނަ ތައުބާވުމުން, އަހަރެމެން ބުނާނަންތަ, “އަލުން އަނެއް ކުލައަށް ބަދަލުކުރާށޭ!” މިކަމަށްޓަކައި އޮޕަރޭޝަން ކުރަން ޖެހޭނެ, އަދި މައްސަލަތައް ޖެހޭނެ... އެނިމުނީ އެކަން. އޭނާ ތައުބާވެއްޖެނަމަ, ތައުބާވީ. ނިމުނީ. އަހަރެމެންވެސް ނިންމާލީ. އަހަރެމެން ނުބުނާނަން, “ކުރިން ހުރި ކުލައަށް ކަލޭގެ ކުލަ ބަދަލުކުރާށޭ” ނުވަތަ މިވެނި މިވެނި ކަމެއް ކުރާށޭ. އެނިމުނީ އެކަން.

އެހެންކަމުން, މައިކަލް ޖެކްޝަންގެ މަރަކީ އެހެންމީހުންނަށްވާ އިމްތިޙާނެއް. ބައެއް މީހުން އެބަހުރި ހޭނެތިގެން ވެއްޓިފަވެސް! މި ކުއްފާރުންގެ މައްސަލައަކީ, މީހަކު މަރުވެއްޖެނަމަ, އެމީހެއްގެ ލަވަތައް ނެރެން ފަށާނެ, އެއީ ޤަބުރުގައިވާ މައްޔިތާއަށް ލިބޭ ޢަޒާބު އިތުރުވެގެންދާނެ ކަމެއް. އެމީހުންނެއް ރަޙުމެއް ނުކުރޭ! އެމީހުން ހިތުން އެމީހުން އޭނައަށް ވަފާތެރިވަނީ. އޭނާގެ އަސަރާއި, ޚިޔާލާއި, ކޮށްފައިވާ ކަންކަން ފެތުރުމުގެ ސަބަބުން...

އެހެންކަމުން އަހަރެމެން ދެކޭގޮތަކީ ކޮބާ؟ އެންމެހާ ޙަމްދުޘަނާއެއް ޙައްޤުވެގެންވަނީ ﷲއަށް. ލަވަކިއުންތެރިއެއް މަރުވެއްޖެ. މިއީ ބަރަކާތެއް. އެމީހަކީ މީސްތަކުންނަށް ބޮޑު ފިތުނައެއް. އެމީހުން “ޕޮޕް ލަވައިގެ ރަސްގެފާނު”ގެ ނަމުން ގޮވާއުޅުނު މީހެއް. ޕޮޕް ލަވައިގެ ރަސްގެފާނު! އެންމެހާ ޙަމްދުޘަނާއެއް ޙައްޤުވެގެންވަނީ ﷲއަށް. ޕޮޕް ލަވައިގެ ރަސްގެފާނު މަރުވެއްޖެ. އަހަރެމެންނަށްވަނީ އުފާވެރި ޚަބަރު. އެއީ އޭނަ އިސްލާމްދީން ޤަބޫލުކުރުމަށްފަހު, ފާޅުކަންބޮޑު ފާފައެއްގަ މަރުކަމުގައިވީނަމަވެސް. މިފަދަ ފާފަވެރިއަކު މަރުވީތީ. އެންމެހާ ޙަމްދުޘަނާއެއް ޙައްޤުވެގެންވަނީ ﷲއަށް. ޕޮޕް ލަވައިގެ ރަސްގެފާނު މަރުވެއްޖެ. ރަނގަޅު! ދުނިޔޭގެ މިޔުޒިކުގެ ލީޑަރުންގެ ތެރެއިން ލީޑަރެއް މަރުވެއްޖެ. އޭނަ ހަލާކުވެއްޖެ.

އޭ މީސްތަކުންނޭ! މީނަ މަރުވެއްޖެ, އަދި އޭނަގެ އުމުރުން އެންމެ 50 އަހަރެ” މިހެން ބުނާ މީހުންނަށް ފިލާވަޅެއް މިއީ. އޭނަ ހަލާކުވެއްޖެ. އޭނަގެ މުދަލުން އޭނަައަށް ފައިދާއެއް ކުރިތަ؟ ނޫން! އޭނަގެ މިއުޒިކުން އެހީއެއް ވެވުނުތަ؟ ނޫން! އޭނަގެ މަޝްހޫރުކަމުން ފައިދާއެއް ލިބުނުތަ؟ ނޫން! މިހާރު އޭނަ ކޮބައިތަ؟ ލެބެއްގަ އޮތީ, މަރުވި ސަބަބުބަލާ ޓެސްޓުކުރަން ވައްދާފަ. އޮޓޮޕްސީ އެއް ހަދަނީ. އެއީ އޭނަ މަރުވި ސަބަބު އެމީހުން ހޯދުމަށްޓަކައި. އޭނަ މަރުވީ ޑްރަގު ނުވަތަ އެފަދަ އެއްޗަކުންތަ؟ ... ދެން މިހެން މިހެން އެކި ވާހަކަ... ﷲ މޮޅަށް ދެނެވޮޑިގެންވަނީ. އޭނައަށް ހާރޓް އެޓޭކެއް ޖެހުނީ... އެނިމުނީ އެކަން.

ކޮންމެއަކަސް, އަހަރެެމެން ބުނަންތަ އޭނަވީ ނަރަކައިގައޭ؟ ނޫން! ނުވަތަ އަހަރެމެން ބުނަންތަ އޭނަވީ ސުވަރުގޭގައޭ؟ ނޫން! އެކަން ނިމިއްޖެ. އޭނަގެ މަރަކީ ފިލާވަޅެއް. އެންމެ ކުޑަމިނުންވެސް މީހަކަށް ބުނެވޭނީ. “އޭ ﷲ! އަހަރެމެންނަށް ރަނގަޅު ނިމުމެއް ދެއްވަވާނދޭވެ! އެންމެހާ ޙަމްދުޘަނާއެއް ޙައްޤުވެގެންވަނީ ﷲއަށް. އަހަރެމެން ﷲގެ ޙަޟްރަތުން އެދެނީ އީމާންކަމުގެ މަތީގައި އަހަރެމެން ގެންދެވުމަށް. އަހަރެމެން ﷲގެ ޙަޟްރަތުން އެދެނީ ކިޔަމަންތެރިކަމުގެ މަތީގައި އަހަރެމެން ވަނިކޮށް އަހަރެމެން ގެންދެވުމަށް. މިމީހާ މަރާއި ބައްދަލުކުރިގޮތް ބައްލަވާށެވެ! އޭނަ މަރުވި ޙާލަތު ބައްލަވާށެވެ! އިބަﷲ މޮޅަށް ދެނެވޮޑިގެންވޭ އޭނަ މަރަކީ އެއީ ފިލާވަޅެއްކަން.”

ދެން.. އޭނައާއިމެދު ހިތާމަފާޅުކުރާނެމީހުން... ކެލޭމެންނަށް އެނގޭނެ ފަދައިން ވަރަށް އަވަހަށް އެތައް ލިޔުންތަކެއް ލިޔެވޭނެ. އަހަންނަށް ޔަޤީން (ސަޢުދީގައި) ސެކިއުލަރިސްޓުން ނޫސްތަކުގަ ލިޔާނެކަން. މައިކަލް ޖެކްޝަނާއި ބެހޭގޮތުން އެތައް ޓަނެއްގެ ވާހަކަ ލިޔާނެ. ބައެއްމީހުން އޭނަ ދިފާޢުކުރާނެ. ބައެއްމީހުން އޭނައާމެދު ހިތާމަފާޅުކުރާނެ... އެހެންކަމުން, މައިކަލް ޖެކްޝަން ދެކެ ލޯބިވި މީހުން ބުނާނެ, “ފަހަރެއްގައި އޭނަ އިސްލާމަކަށްވެސް ވެދާނެއެއްނުން, އޭނަ މަރުވީތީ ކަލޭމެން އުފާކުރަނީ ކީއްވެތަ؟” ދެން މީހުން އޭނަގެ މައްޗަށް ލޯބިއިތުރުވެ ހިތާމަކުރާތަން ފެންނާނެ. އެމީހުންގެ އެދުންތަކަށް ތަބަޢުވާމީހުން އޭނައާއިއެކު ހިތާމަކުރަން ފަށާނެ. ހަމަގައިމުވެސް, އެމީހުން މިސާލުތައް ދޭނެ. މިސާލަކަށް, އެމީހުން ބުނާނެ ކޮންމެވެސް ބިންހެލުމެއްގަ މަރުވިމީހުންގެ ވާހަަކަ, އަދި މަގުތަކުން ވެއްޓުނު މީހުންގެ ވާހަަކަ... ދެން މިކަހަލަ މިކަހަލަ ވާހަކަ...

ނުބައިކަމުގެ ލީޑަރުންގެ ތެރެއިން ލީޑަރެއް މަރުވި ޚަބަރަކީ އަހަރެމެންނަށް އުފާވެރިކަން ގެނެސްދޭ ކަމެއް. އެއީ ވީގޮތަކީ. އެހެންކަމުން ނިންމާލަމުން, އޭނައަށްވެސް އޭނައަށް ޙުކުމްކުރައްވާނެ ރައްބެއް ވޭ. މިކަމުގައި ބުނާނެ އެއްޗެއް އަހަރެމެންނަކަށް ނެތް. މިކަމުގެ ތެރެއަށް އަހަރެމެން ވަދެއެއް ނުގަންނާނަން. މިކަމުގެ ތެރެއަށް އަހަރެމެން ވަދެއެއް ނުގަންނާނަން.

ކީ http://islammaldives.wordpress.com މިލިޔުންކޮޅަކީ އިނގިރޭސި ލިޔުމުގެ ތަރުޖަމާއެއް


މުޖާހިދަކު އަންހެނުންނަށް ފޮނުވި ފަހު ސިޓީ

- ޣާޒީ އަންވަރު ޕާޝާ އަކީ ތުރުކީ ވިލާތުގެ ހިތްވަރު ގަދަ މުޖާހިދެކެވެ. އޭނާއަކީ އުމުރުގެ ބޮޑުބައި އިސްލާމްދީނުގެ ދުޝްމަނުންނާ ހަނގުރާމަ ކުރުމުގައި ހޭދަކޮށްފައިވާ މީހެކެވެ. އޭނާ ޝަހީދުވީ ރަޝިޔާ މީހުންގެ އަތުންނެވެ. އޭނާ ޝަހީދުވުމުގެ އެއް ދުވަސް ކުރީން އޭނާގެ އަންހެނުން ނާޖިޔާ ސުލްޠާނާއަށް ސިޓީއެއް ފޮނުވިއެވެ. މި ސިޓީ ނާޖިޔާ ތުރުކީ ވިލާތުގެ ނޫސްތަކުގައި ޝާއިޢު ކުރިއެވެ. އަދި އޭގެ ފަހުން 22 އޭޕްރީލް 1923 ވަނަ އަހަރު އިންޑިޔާގެ ނޫސްތަކުގައި ވެސް މި ސިޓީ ޝާއިޢު ކޮށްފައިވެއެވެ.

މިއީ ވަރަށް އަސަރުގަދަ ސިޓީ އެކެވެ. އުޘްމާނީ ދުވަސްވަރުގެ މުޖާހިދެއްގެ ހިތުގެ ޝުޢޫރުތަކެވެ.

http://click4islam.com/img/kk_1.pngއަހަރެންގެ އެންމެ ލޯބިވާ ނާޖިޔާ އެވެ.

އަހަރެންގެ ޙަޔާތުގެ ބައިވެރިޔާއެވެ. އަހަރެންގެ އުފާތަކުގެ ފެން އާރެވެ.

އެންމެ ލޯބިވާ ނާޖިޔާ އެވެ. ނާޖިޔާގެ މައްޗަށް ބައްލަވާ ވޮޑިގެންވާ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. ނާޖިޔާ އަހަންނަށް އެންމެ ފަހުން ފޮނުވި ސިޓީ އަހަރެންގެ ކުރިމަތީގައި މިހާރު ވެސް އެބައޮތެވެ. ޤަބޫލު ކުރާށެވެ. ނާޖިޔާގެ މި ސިޓީ ވާނީ އަބަދުވެސް އަހަންނާ އެންމެ ގާތުގައެވެ. އަހަންނަކަށް ނާޖިޔާގެ މޫނެއް ނުފެނެއެވެ. ނަމަވެސް ނާޖިޔާ ފޮނުވި ސިޓީގެ ދެ ފޮޅުވަތުގެ ދޭތެރެއިންނާއި ދެ ލަފްޡުގެ ދޭތެރެއިން، ފޭލިގޭގެ އެތެރޭގެ އަނދިރީގެ ތެރޭގައި އަހަރެންގެ ބޮލުގެ އިސްތަށިތަކާ ކުޅެލަމުން ދިޔަ ކަލާގެ ރީތި އިނގިލިތައް އަހަންނަށް ފެންނަމުން އެބަދެއެވެ. އަދި ދޭތެރެ ދޭތެރެއިން ކަލާގެ ތަސްވީރު އަހަރެންގެ ލޮލަށް ފެންނަމުން ދެއެވެ. އެހެންނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ ކަލާ ތިޔަ ބުނަނީ އަހަރެން ކަލާގެ މަތިން ހަނދާން ނައްތާލިއްޔޭ އެވެ. އަދި ކަލާގެ ލޯތްބަށް އަހަރެން އަޅާނުލައޭ ވިއްޔާއެވެ.

ކަލާ ތިޔަ ބުނަނީ އަހަރެން ކަލާގެ ލޯބި ލޯބި ހިތް ކުދިކުދި ކޮށްލައިފި ކަމަށެވެ. އަދި ތިޔަ ބުނަނީ މާ ދުރުގައިވާ ބިރުވެރި ތަނެއްގައި އަލިފާނާއި ލެއާއި ކުޅެނީއޭއެވެ. އަދި ތިޔަ ބުނަނީ ރޭގަނޑު އިންތިޒާރެއްގައި، އުޑުގައިވާ ތަރިތައް ގުނަމުންދާ އަންހެނާގެ މަތީން ހަނދާން ވެސް ނުކުރާ ވާހަކަ ވިއްޔާއެވެ.

މަށަކީ ހަނގުރާމައަށާއި މަގޭ ކަނޑިއަށް ލޯބިކުރާ މީހަކު ކަމުގައި ވެސް ކަލާ ބުނެފީމުއެވެ. ނަމަވެސް ކަލާ މި އިބާރާތްތައް ލިޔުނުއިރު، އަހަރެންގެ ހިތް އޮތް ގޮތެއް ކަލާއަކަށް ނޭނގެއެވެ. ޝައްކެއް ވެސް ނެތެވެ. ކަލާ މި އިބާރާތްތައް ލިޔެފައި ވަނީ އިޚްލާސްތެރިކަމާ އެކުގައެވެ. އަހަރެން ދެކެވާ ފުން ލޯތްބާއި، ފިދާވުމުގެ ޖަޒްބާތާ އެކުގައެވެ. ކަލާއަށް އަހަރެން ބުނެދޭން ހަދާނީ ކިހިނެއް ހެއްޔެވެ؟ ލަފްޡުތަކަކުން ނެއް ނުބުނެވޭނެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ މި ދުނިޔެއަކު ކަލާ އަށްވުރެ ބޮޑަށް އަހަރެން ވަކިން ލޯބިވާ އެހެން މީހަކު ނެތެވެ. ތިޔައީ އަހަރެންގެ ހުރިހާ ލޯތްބަކާއި އަޅާލުމެއްގެ ނިމުމެވެ. އަހަންނަކީ މީގެ ކުރިއަކުން މީހަކު ދެކެ ލޯބިވީ މީހެއް ނޫނެވެ. އެކަމަކު ކަލާ އަހަރެންގެ ހިތް ވަގަށް ނަގައިފީމުއެވެ.

އެހެންވީމާ، ކަލާ އާއި އަހަންނާ ވަކިވެވިފައި މިތިބި ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ އޭ އަހަރެންގެ ހިތުގެ އުފަލާއެވެ! މިސުވާލު އެކަށީގެންވާ ރަނގަޅު ގޮތަކަށް ކަލާ ކުރާށެވެ. އަޑު އަހާށެވެ! [އަހަރެން ކަލާއާއި ދުރުގައި މިހިރީ މާއްދީ ފައިދާތަކަކާއި މުއްސަނދިކަމެއްގެ އެދުމުގައެއް ނޫނެވެ. އަދި އަހަރެންގެ ބޭނުމަކީ ރަސްކަމެއް ހޯދުމެއް ވެސް ނޫނެވެ. އަދި ތަޚުތެއް ހޯދުމެއް ވެސް ނޫނެވެ. އެހެން ނަމަވެސް އަހަރެންގެ ދުޝްމަނުން ވަނީ މި ކަންކަމަށް އެދުންވެރިވެފައެވެ. އަހަރެން ކަލާއާއި ވަކިން ދުރުގައި މިހިރަ ހަމައެކަނި ސަބަބަކީ ﷲ ގެ އަމުރުފުޅަށް ކިޔަމަންވުމެވެ. ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެ ވަކިން މޮޅު ކަމެއް ނެތެވެ. ﷲ ގެ މި އަމުރުފުޅަށް ކިޔަމަންވެ، އެކަން ޙާޞިލު ކުރުމަށް ޤަސްދު ކުރި މީހާއަށް ސުވަރުގެއިން ޖާގަ ލިބޭ ހުއްޓެވެ.]

މާތް ﷲ އަށް ޙަމްދު ކުރަމެވެ. އަހަރެންގެހިތުގައި ވަނީ ހަމައެކަނި މި އަމުރުފުޅަށް ކިޔަމަންވުމުގެ ޤަސްދެއް ނޫނެވެ. އަހަރެން މިވަނީ ހަނގުރާމައިގެ މައިދާނުގައި، ﷲ ގެ މަގުގައި ހަނގުރާމަ ކުރުން މަތީގައެވެ.

ކަލާ ނެތުމުން އަހަރެންގެ ހިތަށް ދަނީ އަބަދުމެ ތީރު ހެރެމުންނެވެ. ހީވަނީ ހިތް ކުދިކުދި ވެދާނެ ހެނެވެ. ކަން މިހެން އޮތް ނަމަވެސް އަހަރެން ވަނީ މިވަކިވުމާއެކު ވެސް އުފާވެރިކަން މަތީގައެވެ. ކަލާގެ ތެދުވެރި ލޯތްބަކީ އަހަރެންގެ މައްޗަށް އޮތް ވަރުގަދަ އިމްތިހާނެކެވެ. މިއީ އަހަރެން ޤަސްދު ކޮށްފައި އޮތްކަންތަކަށް އޮތް ވަރުގަދަ ގޮންޖަހާލުމެކެވެ. އަދި މިއީ ﷲ ސުބުހާނަހޫ ވަތަޢާލާގެ މަގުގައި ހަނގުރާމަ ކުރުމުގެ އަޒުމަށް ވެސް އޮތް މިއީ ވަރުގަދަ ގޮންޖަހާލުމެކެވެ.

މިއިމްތިޙާނުގައި އަހަންނަށް ނަޞްރު ލިބެމުންދާތީ އަހަރެން ﷲ ތަޢާލާއަށް ހާސް ފަށުން ޝުކުރު ދަންނަވަމެވެ. އަދި އަހަރެންގެ ފުރާނަ އާއި، ލޯތްބާއި ނަފްސުގެ އެދުންތަކުގެ މައްޗަށް ﷲ އަށް އޮންނަ ލޯތްބާއި އެކަލާނގެ އަމުރުފުޅު ކުރިއަށް ނެރެވިފައިވާތީ އެކަމަށް ވެސް ﷲ ތަޢާލާއަށް ޝުކުރު ދަންނަވަމެވެ. އޭ ލޯބިވާއެވެ. ކަލާ ވެސް ﷲ ތަޢާލާއަށް ޝުކުރު ދަންނަވަން ޖެހޭނެއެވެ. އަދި ކަލާގެ ފިރިމީހާއަށް އެވަރުގެ އީމާންތެރިކަމެއް ދެއްވާފައިވާތީ އެކަމަށް އުފާވެސް ކުރަން ޖެހޭނެއެވެ. ﷲ ގެ ލޯތްބަށްޓަކައި، ކަލާގެ ލޯބި ޤުރުބާން ކޮށްލެވޭ ކަމަށްޓަކައެވެ.

ކަނޑި ހިފައިގެން ޖިހާދު ކުރުން ކަލާގެ މައްޗަށް ވާޖިބުނުވިއަސް ބުނަން ހެއްޔެވެ؟ އޭ ލޯބިވާއެވެ. ކަލާވެސް ޖިހާދު ކުރުމަކުން އިސްތިސްނާވެގެނެއް ނުވެއެވެ. އެއްވެސް މުސްލިމު ފިރިހެނަކަށް އަދި އަންހެނަކަށް ޖިހާދު ކުރުމަކުން އިސްތިސްނާ ވެވޭނެ ގޮތެއް ނެތެވެ. ކަލާގެ ޖިހާދަކީ، ކަލާގެ ލޯތްބާއި އުފާތަކުގެ ކުރިއަށް ﷲ ދެކެވާ ލޯބި ނެރުމެވެ. އަދި ކަލާގެ ފިރިމީހާ އާއި ކަލާއާ ދެމެދުގައިވާ ލޯބީގެ ގުޅުން ވެސް ވަރުގަދަ ކުރަން ޖެހޭނެއެވެ.

ކަލާގެ ފިރިމީހާ ރައްކާތެރިކަމާއިއެކު ހަނގުރާމައިގެ މައިދާނުން އައިސް ކަލާގެ ލޯބި އަތު ތެރެއަށް ވަނުމަށް ދުވަހަކު ވެސް ދުޢާ ނުކުރާށެވެ. މިއީ އަމިއްލަ އެދުމުގެ ދުޢާ އެކެވެ. މި ދުޢާއަކަށް ﷲ ގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. އޭގެ ބަދަލުގައި މިގޮތަށް ދުޢާ ކުރާށެއެވެ. [މިއަޅާގެ ފިރިމީހާގެ ޖިހާދު ޤަބޫލު ކުރައްވާނދޭވެ! އަދި ނަޞްރު ލިބުމާއެކު އޭނާ މިއަޅާގެ ގާތަށް ގެނެސް ދެއްވާނދޭވެ! ނޫންނަމަ ޝަހީދުންގެ ތެރެއިން އޭނާ ލައްވާނދޭވެ!] މަގޭ ލޯބިވާ އެވެ. އަހަރެންގެ ދެތުންފަތަކީ ދުވަހަކު ވެސް ރަލުގައި ޖެހި، ހަޑިވެފައިވާ ދެ ތުންފަތެއް ނޫނެވެ. ކަލާއަށް މިކަން އެނގޭނެއެވެ. މި ތުންފަތަކީ އަބަދުމެ ކީރިތި ޤުރުއާން ކިޔެވުމާއި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތަސްބީޙަ ކިޔެވުންމަތީ ތެތްވެފައިވާ ތުންފަތެކެވެ.

އެންމެ ލޯބިވާ ނާޖިޔާ އެވެ. ކަލާ ލޯތްބާއެކު ރީއްޗޭ ބުނާ އަހުރެންގެ ބޯ ﷲ އަށް ޓަކައި ހަށިގަނޑާއި ވަކިވާނެ ވަގުތަކީ ހާދަހާ އުފާވެރި ވަގުތަކަށް ވާނެއެވެ. ކަލާގެ ނަޒަރުގައި ސިފައިންގެ މީހެއްގެ ހަށިގަނޑަކަށްވުރެ ބޮޑަށް ލޯބިވެރިއެއްގެ ހަށިގަނޑު ކަމަށް ވިޔަސް މެއެވެ.

އަންވަރުގެ އެންމެ ބޮޑު ބޭނުމަކީ ޝަހީދުވުމެވެ. އަދި ޤިޔާމަތް ދުވަހުން ހަޒުރަތު ޚާލިދް ބިން ވާލިދު އާއެކު އިންސާފު ކުރެވުމެވެ. މި ދުނިޔެއަކީ ވަގުތީ ތަނެކެވެ. މަރަކީ ހަމަ ޔަގީނުން ވެސް އަންނާނެ އެއްޗެކެވެ. އެހެންވީމާ މަރު ދެކެ ބިރުގަންނަންވީ ކީއްވެ ހެއްޔެވެ؟ މަރުވާނެކަން ޔަޤީންވާއިރު އެނދުގައި އޮވެގެން ކޮންމެހެން މަރުވާންވީ ކިއްވެ ހެއްޔެވެ؟ ﷲ ގެ މަގުގައި ވާ މަރަކީ މަރެއް ނޫނެވެ. އެއީ ނިމުމެއް ނެތް ދިރުމެވެ.

ނާޖިޔާ އެވެ. އަހަރެންގެ މިވަޞިއްޔަތަށް އަޑު އަހާށެވެ. އަހަރެން ޝަހީދު ވެއްޖެނަމަ، އަހަރެންގެ އަޚް ނޫރީ ޕާޝާ އާ ކައިވެނި ކުރާށެވެ. ކަލާއަށްފަހު އަހަރެންނާ އެންމެ ގާތް މީހަކީ ނޫރީ އެވެ. އަހަރެން މަރުވުމަށްފަހު، ކަލާގެ މުޅި ހަޔާތުގައި އޭނާ ކަލާ ބެލެހެއްޓުމަކީ އަހަރެންގެ އެދުމެވެ. ދެން އަހަރެން އެދޭ ކަމަކީ ކަލާއަށް ލިބޭ ހުރިހާ ކުދީންގެ ގާތު އަހަރެންގެ ވާހަކަ ކިޔައި ދިނުމެވެ. އަދި އިސްލާމްދީނަށްޓަކައި ޖިހާދު ކުރުމަށް ހަނގުރާމައިގެ މައިދާނަށް އެ ހުރިހާ ކުދިން ފޮނުވާށެވެ. ހަނދާން ކުރާށޭވެ. ކަލާ އަހަރެންގެ މިއެދުންތަކަށް އަޅާނުލައިފިނަމަ، އަހަރެން ކަލާ ދެކެ ރުޅި އަންނާނަމެވެ.

އެންމެ ލޯބިވާއެވެ. ވަދާއީ ސަލާމް ކޮށްލަމެވެ. މި ސިޓީއަށްފަހު ދެން އެހެން ސިޓީއެއް އަހަރެން ކަލާއަށް ނުލިޔާނެ ކަމަށް އަހަރެންގެ ހިތް ބުނަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ފަހަރުގައި މާދަމާ އަހަރެން ޝަހީދުވަނީ ކަމަށް ވެސް ވެދާނެއެވެ.

ނާޖިޔާއެވެ. ކެތްތެރިވާށެވެ. އަހަރެން މަރުވީމާ އުފާކުރާށެވެ. ހިތާމަ ނުކުރާށޭވެ. އެހެނީ ﷲ ގެ މަގުގައި އަހަރެން ޝަހީދުވުމަކީ ކަލާއަށް ވެސް ލިބޭ ޝަރަފަކަށް ވާނެއެވެ. ނާޖިޔާ އެވެ. ދެން މިދަނީ އެވެ. އަހަރެން ކަލާގެ ގައިގައި ބައްދާލަމެވެ. އިރާދަ ކުރެއްވިއްޔާ އަހަރުމެން ސުވަރުގޭގައި ބައްދަލުވާނެވެ. އޭރުން ދެން އަހަރުމެން ދުވަހަކު ވެސް ވަތްކެއް ނުވާނެއެވެ.

ކަލާގެ އަންވަރު

ގާޟީ އަންވަރު ޕާޝާ އަށް އިޙްސާސް ކުރެވުނު ފަދައިން އޭނާ ޝަހީދުވީ ވިދިގެންއައި ދުވަހުއެވެ.

މިއީ 2003 ގެ ދަރުމަ މަޖައްލާގެ ޖޫން މަހުގެ ޢަދަދުން ނަކަލުކޮށް ހަދިޔާކޮށްފައިވާ ލިޔުމެކެވެ. جزاهم الله خيرا

ވަޙީ



وحي

ލިޔުނީ : އަހްމަދު ބިން ޢަބްދުއްލަތީފް

އަރަބި ބަހުގައި وحىގެ މާނައަކީ "އެހެން މީހަކަށް ނޭގޭ ގޮތަށް،ވަރަށް ސިއްރުން އަދި އެހާމެ އަވަހަށް ކޮށްލެވޭ އިޝާރާތެއް" މިއެވެ.( އިސްލާމީތަރުބިއްޔަތު 11)

އަދި މީގެ އިތުރަށް ލިސާނުލް ޢަރަބުގައި މިމާނަ ދޭހަވާ އެހެން ބަސްތަކަކީ الهام , الاشارة , الرسالة ة މިއެވެ.

الوحى ގެ ލުޣަވީ މާނަ ކީރިތ ޤުރުއާނުގައި އެތައްގޮތަކަށް ވަނީ ވާރިދުވެގެން އައިސްފައެވެ. އަދި މި ބަސް ޤުރުއާނުގައި 70 ފަހަރަށްވުރެ މަދުނުވާވަރަށް ވާރިދުވެގެން އައިސްފައިވާކަމަށް އިލްމުވެރިން ވިދާޅުވެއެވެ.1

· ކީރިތ ޤުރުއާނުގެ އުސްލޫބުގައި إلهام ގެ މާނާގައި އައިސްފައިވާ އާޔަތުގައި ﷲވަޙީކުރައްވަނީ

4ym÷rr&ur y7/u n<Î) È@øtª[$# Èbr& ÉσªB$# z`ÏB ÉA$t6Ågø:$# $Y?qãç/ z`ÏBur ̍yf¤±9$# $£JÏBur tbqä©Ì÷ètƒ ÇÏÑÈ (ނަހްލު 68) މާނައަކީ: އަދި ، ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވިރަސްކަލާނގެ ކުޅަނދުރަށް އިލްހާމް ދެއްވައި އެންގެވިއެވެ. ފަރުބަދަތަކުންނާއި، ގަސްގަހާގެހިންނާއި، މީސްތަކުން ހަދައިދޭ ބިނާތަކާއި ތަންތަން އެއީ ގެތައްކަމުގައި ބަލައި، ހަތާހަދައި އުޅޭށެވެ!

· އަދި ވެސް ވަޙީގެ މާނާގައި ފިޠުރީ ގޮތުން އިންސާނާ ހީވާހީވުންތަކަކީ الهام ކަން ބަޔާންކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ

!$uZøŠym÷rr&ur #n<Î) ÏdQé& #ÓyqãB ÷br& ÏmÏèÅÊör& .... ( އަލްޤަސަސް 7) މާނައީ: ދެން(ދަންނައެ އަހަރުމެން، މޫސާގެމަންމާއަށް، ވަޙީކުރެއްވީމެވެ( އިލްހާމްކުރެއްވީމެވެ.) އޭނާއަށް ކިރުދޭހުށިކަމެވެ. " މި އާޔަތުގައި މޫސާގެމަންމައަށް އިލްހާމްކުރެއްވި މާނައިގައި އޮތީ އެކަމަނާ ކިރުދެއްވުމަށް ވިސްނައިދެއްވުމެވެ(instinctive.) ދެން ޖެހިގެން އޮތްބައިގައި އިލްހާމްކުރައްވަނީ ތިމާ ހިވާ އެންމެ ރަނގަޅަށް ޢަމަލުކުރައްވާނެ ގޮތެވެ (intuition). ﷲ ވަޙީކުރައްވަނީ

#sŒÎ*sù ÏMøÿÅz Ïmøn=tã ÏmŠÉ)ø9r'sù Îû ÉdOuŠø9$# Ÿwur Îû$sƒrB Ÿwur þÎTtøtrB ( ގަސަސް 7)

މާނައީ: ދެން އިބަގެ އޭނާގެ މައްޗަށް ބިރުގަންނާންފެށުމުން، އޭނާ ކޯރުތެރޔަށް ދޫކޮށްލާހުށިކަމެވެ. އަދި އެއްގޮތަކަށްވެސް ބިރުނުގަންނާށެވެ، އަދި ހިތާމަވެސް ނުކުރާހުށިކަމެވެ.

· މީސްތަކުންގެ ހިތްތަކަށް ވަންނަ ޝައިތާނީ ވަސްވާސްތަކާއި ނުބައިކަންތައް ރިވެތިކޮށްފައި އިންސާނާ ދެއްކުމުގެމާނާގައިވެސް ވަޙީ ބޭނުންކުރެވެއެވެ. މިގޮތުން ކިރިތި ޤުރުއާނުގައި ﷲ ވަޙިކުރައްވަނީ

¨bÎ)ur šúüÏÜ»u¤±9$# tbqãmqãs9 #n<Î) óOÎgͬ!$uÏ9÷rr& öNä.qä9Ï»yfãÏ9 ( (އަންޢާމް 121) މާނައީ: ތިޔަބައިމީހުން ޖަދަލުކުރުމަށް ޝައިޠާނުން އެބައިމީހުންގެ އެކުވެރީންނަށް ވަސްވާސްދޭނެތެވެ.

· ވަރަށް އަވަސް އިޝާރާތަކުންކަމެއް އެންގުމަށްޓަކާވެސް ވަޙީ ބޭނުންކުރެވެއެވެ.ޒަކަރިއްޔާ ޢަލަހިއްސަލާމްގެ ވާހަކައަށް އިޝާރަތްކުރައްވަމުން ކީރިތ ޤުރުއާނުގައި ﷲ ވަޙިކުރައްވާފައިވަނީ

tA$s% Éb>u @yèô_$# þÍk< Zptƒ#uä 4 tA$s% y7çGtƒ#uä žwr& zNÏk=s3è? šZ$¨Y9$# y]»n=rO 5A$uŠs9 $wƒÈqy ÇÊÉÈ yltsƒmú 4n?tã ¾ÏmÏBöqs% z`ÏB É>#tósÏJø9$# #Óyr÷rr'sù öNÍköŽs9Î) br& (#qßsÎm7y Zotõ3ç/ $|ϱtãur ÇÊÊÈ ( މަރިޔަމް 10-11) މަނައީ :ޒަކަރިއްޔާ ބުންޏެވެ. އަޅުގެ ވެރިރަސްކާލާނކޮށް! އަޅައަށް ނިޝާނެއް ދައްކަވައިފާނދޭވެ! އެކާލާނގެ ވަޙީކުރެއްވިއެވެ.އިބައޮތް ނިޝާނަކީ ތިންރެއިވާނދެން، އިބަ މީސްތަކުންނާއި ވާހަކަ ދައްކައި ނޫއުޅުމަށެވެ. ދެން އޭނާ ނަމާދު ކުޅައުމުގެ މިޙްރާބުން ނުކުމެގެން، މީސްތަކުންގެ ގާތަށް ދިޔައެވެ. އަދި ކޮންމެދުވަހަކުމެ ،ހެނދުނާއި،ހަވީރު، އެކަލާނގެ ރަސްކަންފުޅު ހަނދުމަކޮށް، ތަޞްބީޙަކިޔައި އުޅުމަށް އެއުރެންނަށް އެންގެވިއެވެ.

· ﷲގެ މަލާއިކަތުންނަށް ކަންތައްތައް ކުރެއްވުމަށް އަންގަވާ އެންގެވުންތަކުގެ މާނަގައިވެސް ވަޙީ އައިސްފައިވެއެވެ. ﷲ ވަޙީކުރައްވަނީ

øŒÎ) ÓÇrqムy7/u n<Î) Ïps3Í´¯»n=yJø9$# ÎoTr& öNä3yètB (#qçGÎm;sWsù šúïÏ%©!$# (#qãZtB#uä 4 (އަންފާލް 12) މާނައީ : ކަލޭގެފާނުންގެ ވެރި ރައްބުގެ، މަލާއިކަތުންނަށް ވަޙީކުރެއްވިހިނދެވެ. ހަމަކަށަވަރުން ތިމަންﷲ ތިއަބައިމީހުންނާއެކު ވޮޑިގެންވަމެވެ.

· ކިރިތިޤުރުއާނާއިހަދީޘުން ޘާބިތުވާގޮތުގައި މާތްﷲ މަލާއިކަތްބޭކަލުންނަށް ބަސްވަޙީކުރައްވާކަމުގައިވެއެވެ. މި ގޮތުން ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވަނީ

øŒÎ)ur tA$s% š/u Ïps3Í´¯»n=yJù=Ï9 ÎoTÎ) ×@Ïã%y` Îû ÇÚöF{$# ZpxÿÎ=yz ( (ބަޤަރާ 30) މާނައީ : ކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ، ބިމުގައި ޚަލީފާއަކު ލައްވަވާހުށީމޭ މަލާއިކަތުންނަށް ވަޙީ އިއްވެވި ހިނދު ކަންހިނގިގޮތުގެ ވާހަކަ ކަލޭގެފާނު ކިޔައިދެއްވަވާށެވެ.

· ކީރިތި މާތްނަބިއްޔާ ޞައްލައްﷲޢަލަހިވަސައްލަމަށް ޤުރުއާން ބާވައިލެއްވުމުގެ މާނަގައިވެސް ވަޙީ އައިސްފައިވެއެވެ. ﷲ ވަޙީކުރައްވަނީ

$tBur ß,ÏÜZtƒ Ç`tã #uqolù;$# ÇÌÈ ÷bÎ) uqèd žwÎ) ÖÓórur 4ÓyrqムÇÍÈ (ނަޖުމް 3-4) މާނައީ: އެކަލޭގެފާނު އެވިދާޅުވާ ބަސްފުޅުތަކަކީ އެކަލޭގެފާނުގެ އަމިއްލަ އެދުންފުޅަށް ވިދާޅުވާ ބަސްތަކެއް ނޫނެވެ. އެއީ އެކަލޭގެފާނަށް އިއްވެވޭ ވަޙީއެއްކަން މެނުވީ ނުވެއެވެ.

· އަދި ކީރިތި މާތް ނަބިއްޔާ މުޚާތަބްކުރެއްވުމުގެ މާނައިގައިވެސް ވަޙީ ބޭނުންކުރެވެއެވެ.ﷲވަޙީކުރައްވަނީ

y7Ï9ºxx.ur !$uZøŠym÷rr& y7øs9Î) $ºR#uäöè% $|Î/ttã uÉYçGÏj9 ¨Pé& 3tà)ø9$# ô`tBur $olm;öqym .....( އައްޝޫރީ 7) މާނައީ: ޢަރަބިބަހުން އެކުލެވިގެންވާ ޤުރުއާނެއްގެ ގޮތުގައި ، ތިމަން ﷲ ކަލޭގެފާނަށް ވަޙީ ފޮނުއްވީމެވެ. (މައްކާގެ) އަހްލުވެރިންނަށާއި،އެހެނިހެން މީހުންނަށް އިންޒާރުކުރެއްވުމަށްޓަކައެވެ.

ވަޙީގެ އިސްތިލާޙީ މާނަ

ވަޙީއަކީ ، ﷲސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންކުރެ ހޮއްވަވާ އިޚްތިޔާރުކުރައްވާ އަޅަކަށް، އެކަލާނގެ އެންގެވުމަށް އިރާދަކުރެއްވި އެއްޗެއް، އާދަޔާ ޚިލާފް ސިއްރުވެރި ގޮތަކަށް އަންގަވާ އެންގުމެވެ.( ގުރޭޑް 11 އިސްލާމީ ތަރުބިއްޔަތު)


ވަޙީ ބާވައިލެއްވުމުގެ މަޤްޞަދު

އިންސާނާއަށް އުޅެންވީގޮތާއި ނުއުޅޭންވީގޮތް އެންގެވުމަށްޓަކައި ވަޙީބާވައިލެއްވިގެންވެއެވެ. ސޫރަތުލް އައްޒާރިޔާތު 56 އާޔަތުގައި މާނައިގައިވަނީ "ތިމަންރަސްކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ ޖިންނީންނާއި އިންސީން ނަހައްދަވަމެވެ".( ކުލާސް ހޭނޑްއައުޓު).

ވަޙީގެ ބާވަތްތައް

ނަބީބޭކަލުންނަށް ވަޙީ ބާވައިލައްވާފައިވަނީ ޢާމުގޮތެއްގައި 2 ވައްތަރަށެވެ. އެއީ ސީދާ ވަޙީކުރެއްވުމާއި ނުސީދާގޮތުން ވަޙީކުރެއްވުމެވެ.(އުސޫލުއް ތަފްސީރު)

ސީދާގޮތުން ވަޙީކުރައްވާފައިވަނީ 2 ގޮތަކަށެވެ. އެއީ ސީދާސީދަލަށް ބަސްވަޙީކުރެއްވުމާއި ހުވަފެންފުޅުގައި ބަސްވަޙީކުރެއްވުމެވެ. ނުސީދާގޮތުން ވަޙީކުރައްވަނީ ވަޙީގެ މަލާއިކަތާ ޖިބްރީލް ޢަލަހިސަލާމް މެދުވެރިކޮށެވެ.

ﷲ ވަޙީކުރައްވާފައިވަނީ

* $tBur tb%x. AŽ|³u;Ï9 br& çmyJÏk=s3ムª!$# žwÎ) $·ômur ÷rr& `ÏB Ç!#uur A>$pgÉo ÷rr& Ÿ@Åöãƒ Zwqßu zÓÇrqãsù ¾ÏmÏRøŒÎ*Î/ $tB âä!$t±o 4 ¼çm¯RÎ) ;Í?tã ÒOŠÅ6ym ÇÎÊÈ (ޝޫރާ 51) މާނައަކީ : ވަޙީއަކުން ( އެބަހީ އިލްހާމަކުން ނުވަތަ ހުވަފެންކުން ) ނުވަތަ ފަރުދާއެއްގެ އަނެއްފަރާތުން ނުވަތަ މަލާއިކަތަކު ފޮނުއްވާ، އެކަލާނގެ އިޒްނަފުޅާއެކު، އެކަލާނގެ އިރާދަކުރެއްވާ އެއްޗެއް ވަޙީކުރެއްވުމުން މެނުވީ އެއްވެސް އާދަމުގެ ދަރިއަކަށް ﷲ ބަސްވަޙީ ކުރެއްވުމެއްނުވެއެވެ. ހަމަކަށަވަރުން އެކަލާނގެއީ މަތިވެރިވަންތަ ޙަކީމްވަންތަ ރަސްކަލާނގެއެވެ.

ސިދާ ވަޙީބާވައިލެއްވުން

ﷲ ސުބުޙާނަހޫވަތަޢާލާއާއި އެބޭކަލަކާ ދެމެދު އެއްވެސް މެދުވެރިއެއްނެތި ބަސްވަޙީކުރެއްވުމާއި ހުވަފެންފުޅުގައި އިލްޙާމްކުރެއްވުމެވެ.

1. ﷲގެ ނަބީންގެ ހިތްޕުޅަށް ހޭފުޅުލައްވާ ހުންނަވަނިކޮށް ވަޙީކުރެއްވުން.

މިގޮތަށް ވެވޭ ވަޙީއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަރާތްޕުޅުން އައި ވަޙީކަން އެނަބީބޭކަލަކަށް އެއްވެސް ޝައްކަކާއި ނުލައި އެނގިވަޑައިގަންނަވާނެއެވެ. މިވަޙީއަށް (وحي قلبي ) އޭވެސްކިޔެވެ. ކީރިތި ރަސޫލާގެ އަރިހުން ޢަބްދުﷲ ބުން މަސްޢޫދު ރިވާކުރެއްވިޙަދީޘެއްގައިވެއެވެ.

إِنَّ روحَ القُدْ سِ نَفَثَ فى رَوعِى أَنَّه لن تَمُوتَ نَفْسٌ حَتَّى تَسْتَكْمَلَ رِزْقَهَا وَأَجَلَهَا فَاتَّقُو الله وَأَجْمَلُوا فى الطَّلبِ މާނައީ : ރޫހުލްޤުދުސް ، އެބަހީ ޖިބްރީލްގެފާނު ތިމަންކަލޭގެފާނުގެ ހިތްޕުޅަށް ފުމެލައްވަވާ އެންގެވި ގޮތުގައި، އެއްވެސް ނަފްސެއްގެ ރިޒްޤާއި އަޖަލު ފުރިހަމަކޮށް ދާންދެން މަރުނުވާހުއްޓެއެވެ.ފަހެ ތިޔަބައިމީހުން މާތްﷲގެ ހަޟުރަތަށް ތަޤްވާވެރިވާށެވެ. އަދި އަދަބުވެރިކަމާއެކު ރަނގަޅުގޮތުގައި ކަންކަމަށް އެދި ދުޢާކުރާށެވެ.

2. ތެދު ހުވަފެންފުޅަކުން ހިތްޕުޅަށް އިލްހާމްކުރެއްވުން

ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ވަޑައިގެންނެވުމުގެ ކުރީގައި އެކަލޭގެފާނަށް ވަޙީބާވައިލެއްވުނީ މުޅީންވެސް ހުވަފެންފުޅުގައެވެ. މިއީވެސް (وحي قلبي )ގެ ވައްތަރަކެވެ. ކީރިތި ރަސޫލާ ހަދީޘްކުރައްވާފައިވެއެވެ. رؤيا الأ نبياء وحي މާނައީ : ނަބީބޭކަލުންނަށް ފެނިވަޑައިގަންނަވާ ހުވަފެންތަކަކީ ވަޙީއެވެ.

§ ކީރިތި މާތްރަސޫލާ އެކަލޭގަފާނަށް ހޭފުޅުލައްވާ ހުންނަވަނިކޮށް ސީދަލަށް ދިމާނުވާ އެއްވެސް ހުވަފެންފުޅެއް ދެކެވަޑައިނުގަންނަވައެވެ. ޢައިޝަތުގެފާނު އަރިހުން ވާރިދުވެގްން އައިސްފައިވެއެވެ.

أوَّلُ مابدئَ به رسول الله صلي الله عليه وسلم من الوحي الرُّؤْيا الصَّالحةُ في النّوم ، فكان لا يرى