ސުފްޔާން ބިން ޢުޔައިނާ ވިދާޅުވިއެވެ:
ޙިޝާމް ބިން ޢަބްދުލް މަލިކް (އޭރުގެ ޚަލީފާ) މައްކާގެ ބޮޑު މިސްކިތަށް ވެދެވަޑައިގެން އެތަނުން (ޢުމަރު ބުނުލް ޚައްޠާބުގެ ކާފަދަރިކަލުން) ސާލިމް ބިން ޢަބްދުﷲ ދެކެވަޑައިގަތެވެ.
އެހިނދު އެކަލޭގެފާނަށް ދެންނެވިއެވެ: ’އޭ ސާލިމްއެވެ! ކަލޭގެފާނުގެ އެއްވެސް ބޭނުންފުޅެއް ވާނަމަ ތިމަންކަލޭގެވާނުގެ އަރިހުގައި ދަންނަވާށެވެ.‘
އެހިނދު (ސާލިމް) އެކަލޭގެފާނަށް ދެންނެވިއެވެ. ﷲގެ ގެކޮޅުގައި އެކަލާނގެ ނޫން އެހެން ފަރާތެއްގެ ކިބައިން (ކަމަކަށް) އެދެން ހަމަކަށަވަރުންވެސް ތިމަންކަލޭގެފާނު ލަދުވެތިވަމެވެ.

އެހެންކަމުން، އެކަލޭގެފާނު މިސްކިތުން ނިކުމެވަޑައިގެންނެވިތަނާ (ޙިޝާމް) އެކަލޭގެފާނުގެ ފަހަތްކުޅުން ވަޑައިގެން ދެންނެވިއެވެ. މިހާރު ކަލޭގެފާނު ތިހުންނެވީ މިސްކިތުގައެއް ނޫނެވެ. އެހެންވީމާ މިހާރު ކަލޭގެފާނުގެ އެދުންފުޅުއެވާނަމަ ދަންނަވާށެވެ.
ދެން އެކަލޭގެފާނުގެ އަރިހުގައި ސާލިމް ދެންނެވިއެވެ ދުނިޔޭގެ ބޭނުންތކުގެ ތެރެއިންހެއްޔެވެ ނޫނީ އާޚިރަތުގެ ބޭނުންތަކުގެ ތެރެއިންހެއްޔެވެ؟
އެކަލޭގެފާނު ދެންނެވިއެވެ. ”ދުނިޔޭގެ ބޭނުންތަކުންނެވެ.“
ސާލިމް ދެންނެވިއެވެ.
ދުނިޔެ މިލްކުވެވޮޑިގެންވާފަރާތުގެ ޙަޟުރަތުން (ދުނިޔޭގެ) ކަމަކަށް ތިމަންކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމުއެވެ. ދެން އެދުނިޔެ މިލްކުވެގެން ނުވާ ފަރާތެއްގެ ކިބައިން ކަމަކަށް އެދިވަޑައިގަންނަވާނީ ކިހިނަކުންހެއްޔެވެ؟

އިބްނުލް ޖަޥްޒީ، ޞިފަތުއް ޞަފްވާ: 1/194

ފިލާވަޅުތައް:
ﷲފިޔަވައި އެހެން ފަރާތެއްގެ ފަރާތުން ކަމަކަށް އެދުމުން ސަލަފުން ދުރުވާ މިންވަރު
އެބޭކަލުން މައިގަނޑުގޮތެއްގައި ދުޢާކުރައްވަނީ އާޚިތަރުގެ ބޭނުންތަކަށް ކަމާއި ދުނިޔަވީ ބޭނުންތަކަށް ނޫންކަން
ވެރިން ޢިލްމުވެރިންނަށް ކަމޭހިއްތަވާ މިންވަރާއި އެބޭކަލުންގެ ބޭނުންފުޅުތައް ފުއްދަވައިދެއްވުމަށް މަސައްކަޔް ކުރައްވާ މިންވަރު
މިސްކިތްތަކުގެ ޙުރުމަތްތެރިކަން