ލިޔުއްވީ އައްޝެއިޚް ނާސިރު ޒަކަރިއްޔާ


އިސްލާމްދީނުގެ މައިގަނޑު އުޞޫލުތައް (އުލޫހިއްޔަތާއި ނަބީކަމާއި އިމާމަތު އަދި އާޚިރަތް) ބުއްދީގެ ދަލީލުތަކުން ސާބިތުކުރުން

މިޢިލްމަކީ އިޢްތިޤާދީ މައްސަލަތައް ދިރާސާކޮށް ދީނުގެ އުޞޫލުތައް ޙުއްޖަތާއި ދަލީލުން ސާބިތުކުރާ ޢިލްމެވެ. މީގެ އިތުރުން ދީނުގެ އުޞޫލުތަކަށް ފާޑުކިޔާމީހުންނަށް ރައްދުދީ ދީނުގެ އުޞޫލުތަކާއި މެދު ފާޅުކުރެވޭ ޝައްކުތައް ދުރުކޮށް ޙުއްޖަތާއި ދަލީލުން އެފަދަ އެންމެހައި ޝައްކުތައް ބާޠިލުކޮށްދޭ ޢިލްމެވެ.

މިޢިލްމަކީ އިސްލާމްދީނުގައި އަލަށްއުފެދުނު ޢިލްމަކަށް ވިޔަސް މިޢިލްމުގެ އަޞްލުތައް ޤުރްއާނާއި ސުންނަތާއި ގުޅިފައިވެއެވެ.


ޢިލްމުލްކަލާމުގެ ފާއިދާ

1- ޙުއްޖަތާއި ދަލީލުގެ މައްޗަށް ބިނާވެގެންވާ ޢިލްމީ އަސާސްތަކުގެ ޛަރީޢާއިން ދީނުގެ އުޞޫލުތައް ދެނެގަނެވޭނެއެވެ.

2- އިސްލާމީ ޢަޤީދާގެ މައްސަލަތައް ޙުއްޖަތާއި ދަލީލުން ސާބިތުކުރުމުގެ ކުޅަދާނަކަން ލިބިގެންވާނެއެވެ.

3- ދީނުގެ ޢަޤީދާއާއި ދެކޮޅަށް ކުރެވޭ އިޢުތިރާޟްތަކަށް ރައްދުދޭން އެނގޭނެ.


ޢިލްމުލްކަލާމު އުފެދުން

ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވިއިރު ޙިޖާޒުކަރާއާއި ފަލަސްޠީނާއި ޝާމްކަރައާއި ފާރިސްކަރައާއި ޢިރާޤާއި ހިންދުކަރަ އަދި އެފުރިކާއާއި އެތާނގެވަށައިގެންވާހައި ރަށްތަކުގެ މީހުން އަޅުކަންކުރަމުން އައީ ބުދަށާއި ތަރިތަކަށާއި މިނޫންވެސް ﷲ ފިޔަވައި އެހެންތަކެއްޗަށެވެ. ދެން ރަސޫލާ ދީނަށްގޮވައިލައްވާ އިސްލާމްދީނުގެ ތެދުކަން ޙުއްޖަތާއި ދަލީލުން ސާބިތުކޮށްދިނުމުގެ ސަބަބުން މީސްތަކުން އެކަލޭގެފާނުގެ ދަޢުވަތު ޤަބޫލުކޮށް އެކަލޭގެފާނަށް ތަބާވެއްޖެއެވެ.


ޢިލްމުލްކަލާމާއި ފަލްސަފާގެ ތަފާތު

1- ފަލްސަފާގެ މަޤްޞަދަކީ ކަޥްނުގައިވާ ޙަޤިޤަތްހޯދުމާއި އިންސާނުންނަށް ބާއްޖަވެރިކަން ހޯދައިދޭނެ ގޮތަކީކޮބައިތޯ ހޯދައި ބަޙުޘް ކުރުމެވެ.

ފަލްސަފާއަކީ އިންސާނީ ޢަމަލެއް ކަމުގައި ވީހިނދު އިންސާނާގެ ޠަބީޢަތުގައިވާ ހުރިހާ ކަންތައްތައްތަކެއް މިކަމުގެ މައްޗަށް ބާރުފޯރައެވެ.

މިހެންކަމުން މާޙައުލުގެ އަސަރާއި އިންސާނާގެ ކިބައިގައިވާ މަޙްދޫދިއްޔަތުގެ އަސަރު ފަލްސަފާއަށް ކުރެއެވެ.

ފަލްސަފާވެރިން މިކަންތަކާއި މެދު ބަހުޘްކުރާނީ ހަމައެކަނި ބުއްދީގެ ނަޒަރަކުން ބުއްދިއާއި ތަޢާރަޟުވާކަމަށް ފެންނަނަމަ އެކަމެއް ދޮގުކުރާނެ. އެއީދީނާއި ތަޢާރަޟުވިއަސް

މުތަކައްލަމީން ދީނުގެ އުޞޫލުތައް ސާބިތުކުރުމަށް ބުއްދީގެ ދަލީލުތައް ގެންނަނީ ޝަރުޢީ ނުޞޫޞްތަކުން ސާބިތުވާ ކަންތައް އިތުރަށް ވަރުގަދަ ކުރުމަށް. މުތަކައްލަމީން ދެކޭދޮތުގައި ބުއްދި އަކީ ޝަރުޢީ މައްސަލަތައް އިތުރަށް ވަރުގަދަ ކޮއްދޭ އެއްޗެއް ދީނުގެ އަސްލެއްނޫން. ފަލްސަފާވެރިން ދެކެނީ ބުއްދި އަސްލެއް ކަމުގައެވެ.